އިންޝުއަރެންސް ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މުހިންމު ދެ ގަވާއިދެއް އެކުލަވާލައި، އާންމުކޮށްފިއެވެ.
އެމްއެމްއޭއިން އަލަށް އެކުލަވާލާފައިވަނީ އިންޝުއަރެންސްގައި ހިމެނޭ ރިސްކުތަކާ ބެހޭ ގަވާއިދާއި، އިންޝުއަރެންސްގެ އާންމު މާއްދާތަކާ ބެހޭ ގަވާއިދެވެ. މި ދެ ގަވާއިދު މި ހިނގާ މަހުގެ 14 ވަނަ ދުވަހު އާންމުންގެ ޚިޔާލަށް ހުޅުވާލުމަށްފަހު، މި މަހުގެ 27 ވަނަ ދުވަހު ވަނީ ރަސްމީކޮށް ޝާއިއުކޮށްފައެވެ.
އަލަށް އަމަލުކުރަން ފެށި މި ގަވާއިދުތަކުގެ ދަށުން، ރާއްޖޭގައި ހިންގާ ކޮންމެ އިންޝުއަރެންސް ކުންފުންޏަކުންވެސް 2 މިލިއަން ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
އިންޝުއަރެންސްގެ ރިސްކުތަކާ ބެހޭ ގަވާއިދުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޝުއަރެންސް ރިސްކުތައް ދެނެގަންނާނެ ގޮތާއި، ރާއްޖޭގައި ލައިސަންސް ލިބިގެން ހިންގާ އިންޝުއަރެންސް ކުންފުންޏަކުން އިންޝުއަރެންސް ކަވަރޭޖް ހޯދުމުގެ ޝަރުތުން އިސްތިސްނާ ދެވޭނެ ހާލަތްތަކެވެ. އަދި އެފަދަ އިސްތިސްނާތައް އެމްއެމްއޭއިން ދެވިދާނެ ޚާއްސަ ހާލަތްތައްވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މި ގަވާއިދުގައި ރިސްކުގެ ފަސް ކެޓަގަރީއެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގައިވާ މުދަލާއި، ދިރިއުޅޭ ފަރާތްތަކާ ގުޅުންހުރި ރިސްކުތަކާއި، ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާ ގުޅުންހުރި ރިސްކުތައް ހިމެނެއެވެ. މީގެއިތުރުން، މިފަދަ ރިސްކުތައް ކަވަރުކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ ލައިސަންސް ނެތް އިންޝުއަރެންސް ކުންފުންޏަކުން ޕޮލިސީއެއް ހޯދުމާއި މަޝްވަރާކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އިންޝުއަރެންސްގެ އާންމު މާއްދާތަކާ ބެހޭ ގަވާއިދުގައި، ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ހަރަކާތްތެރިވެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރުގެ ލައިސަންސަށް އެދި ހުށަހަޅާއިރު ބޭނުންވާ މައުލޫމާތުތައް ހިމަނާފައިވެއެވެ. އަދި ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އިޖުރާއާތުތައްވެސް ވަނީ އެކުލަވާލާފައެވެ.
ހަމައެއާއެކު، އިންޝުއަރެންސް ވިޔަފާރި ކުރުމުގެ ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި، އިންޝުއަރެންސް ކުންފުނިތަކުގެ ބްރާންޗްތަކާއި ސަބްސިޑަރީތަކަށް ލައިސަންސް ދިނުމުގެ ޝަރުތުތަކުގެ އިތުރުން، ސެކިއުރިޓީ ޑިޕޮސިޓްތަކާއި އިންޝުއަރެންސް ފަންޑުތައް ގާއިމު ކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައްވެސް މި ގަވާއިދުގައި ތަފްސީލު ކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު