ހައުސިންިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބު
ހައުސިންިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބު
ސިނަމާލެ ބްރިޖަކީ އެ މަޝްރޫޢުގައި މަސައްކަތް ކުރި އިންޖިނިއަރުންގެ ނުގުޑާ އަޒުމާއި ފުރިހަމަ ޕްރޮފެޝަނަލިޒަމްގެ ހެއްކެއް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާލެއާއި ހުޅުލެ ގުޅުވާލަދިން ސިނަމާލެ ބްރިޖަށް އަހަރުތަކެއް ފުރުމުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. ވަޒީރު ވިދާޅުވީ، ބްރިޖު މަޝްރޫޢުގެ އެންމެ ފުރަތަމަ މަރުހަލާ ކަމަށްވާ ފީސިބިލިޓީ ސްޓަޑީޒް ހެދުމާއި، ސާވޭ ކުރުމާއި، ޑިޒައިން ރިވިއު އަދި އަމަލީ މަސައްކަތުގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އަދި އެ މަޝްރޫޢު ފެށި ދުވަސްވަރު، އެއީ ނުނިންމޭނެ ކަމެއް ކަމަށް ބުނެ އޭރު ގިނަ ބަޔަކު ކުރި ޝައްކުތައް އަދިވެސް ހަނދާނުގައި ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކަނޑު ހުރަސްކޮށް ބްރިޖެއް އެޅުމަކީ ނުވާނެ ކަމެއް ކަމަށް ބުނަމުން ދަނިކޮށް، ކަނޑައެޅި ބަޖެޓުގެ ތެރެއިން އަދި ޝެޑިއުލަށްވުރެ ވެސް ކުރިން އެ މަސައްކަތް ނިންމާލެވުނީ އިންޖިނިއަރުންގެ މިންނެތް މަސައްކަތާއި މަތީ ފެންވަރުގެ ޕްރޮފެޝަނަލިޒަމްގެ ސަބަބުން ކަމަށެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު އުމްރާނީ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 30 އޮގަސްޓް 2018 ގައެވެ. މި މަޝްރޫޢަކީ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދީ، އެތައް ހާސް ރައްޔިތުންނަކަށް ދިރިއުޅުމުގެ ލުއިފަސޭހަކަން ހޯދައިދިން މަޝްރޫޢެކެވެ.

ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ މި ފާލަމުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޚާއްޞަ ދެ ލޭނުގެ އިތުރުން ސައިކަލު ދުއްވުމަށާއި ހިނގާ މީހުންނަށް ޚާއްޞަ ލޭންތަކެއް ވަނީ ގާއިމުކޮށްފައެވެ.

މި ބިޔަ މަޝްރޫޢަށް ޖުމްލަ 200 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވާއިރު، މިއީ ޗައިނާ ސަރުކާރުގެ 116 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 72 މިލިއަން ޑޮލަރުގެ ލުއި ލޯނުގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރި 12 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭހެން ފަންޑުކޮށްގެން ކާމިޔާބުކަމާއެކު ނިންމާލި މަޝްރޫޢެކެވެ. ސިނަމާލެ ބްރިޖަކީ މިއަދުވެސް ރާއްޖެއާއި ޗައިނާގެ ގާތް ގުޅުމާއި ތަރައްގީގެ މުހިންމު ރަމްޒެކެވެ.



ކިޔުންތެރިންގެ ހިޔާލު