ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކަކީ ދިވެހި ރައްޔިތުންގެ މަސްލަހަތު ނެގެހެއްޓުމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް އަމާޒަކީ ދިވެހި ރައްޔިތުންނަށް ފައިދާ ކުރަނިވި ކަންކަން ނިޒާމުގެ ތެރެއިން ފަހިކޮށްދެއްވުން ކަމަށެވެ.
ނައިބް ރައީސް އިތުރަށް ވިދާޅުވީ "ޑޮލަރު ނުލިބި، ގައުމުގެ އިގްތިސާދުގައި ޑޮލަރު ދައުރު ނުވާ ނުވުމަށް ނިމުމެއް ގެނައުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ، ވަރަށް ދުރުވިސްނޭ ސިޔާސީ ނިންމުމެއް އެ ނިންމެވީ، އެ ނިންމެވުމުގެ ސަބަބުން މި ގައުމަށް ލިބޭނެ، ރައްޔިތުންނަށް ލިބޭނެ މަންފާތައް ކިތަންމެހާވެސް ބައިވަރު" ކަމަށެވެ.
ނިންމަވާލައްވަމުން ނައިބް ރައީސް ވިދާޅުވީ، އަމިއްލަ ގައުމުގައި މަސްލަހަތު ހުރި ވިޔަފާރިތައްވެސް ރައްކާތެރި ކުރެވޭނީ ގައުމު މިނިވަންކަމާއި ސިޔާދަތާއި ރައްކާތެރިކަންމަތީގައި ދެމިއޮވެގެން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަކީ އެ މަގުން މަސައްކަތް ކުރައްވާ ވަތަނީ ލީޑަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު