އިންޑިއާގެ ގޯރަކްޕޫރުގެ ގޯލާ ސަރަޙައްދުގައި ހުންނަ އަމިއްލަ އަންހެން ކުދިންގެ ކޮލެޖެއްގައި، ގްރޭޑް 10 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ އުމުރުން 15 އަހަރުގެ ދަރިވަރަކަށް، ހަތަރު މަސް ދުވަސް ވަންދެން ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރަކު ހޯދުމުގެ މަސައްކަތް އެ ޤައުމުގެ ފުލުހުން ފަށައިފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ އެ ސްކޫލުގެ މެނޭޖަރުގެ ދަރިފުޅު އަދި އެ ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އުމުރުން 29 އަހަރުގެ ޕްރަތީކް ތުރިޕާތީގެ މައްޗަށެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، އޭނާގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ އިންޑިއާގެ ޤާނޫނުލްޢުޤޫބާތުގެ ރޭޕްގެ މާއްދާތަކުގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއިން ރައްކާތެރިކޮށްދޭ ޤާނޫނު (ޕޮކްސޯ) ގެ ހަރުކަށި މާއްދާތަކުގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން ހުށަހެޅި ޝަކުވާގައިވާ ގޮތުން، މީގެ ގާތްގަނޑަކަށް ހަތަރު މަސް ކުރިން ސްކޫލް ވަގުތު ނިމުމުން އެ ކުއްޖާ އޮފީސް ކެބިންއަށް ގެންގޮސް، ފުރަތަމަ ފަހަރަށް ޖިންސީ ގޯނާކުރަން ފެށުމުން ކުއްޖާ އެކަމަށް އިންކާރު ކުރިއެވެ. ނަމަވެސް އިމްތިހާނުން ފޭލްކޮށްލާނެ ކަމަށާއި، އަބުރު ކެއްސާލާނެ ކަމުގެ އިންޒާރުދީ ބިރުދައްކައިގެން އޭނާ ވަނީ އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައެވެ.
އޭގެ ފަހުން، މަތީ ތަޢުލީމުގެ ހުރިހާ ޚަރަދެއް ބަލަހައްޓައިދޭނެ ކަމަށާއި، އެހެން ސްކޫލަކުން ޖާގަ ހޯދައިދީ ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ، ވޭތުވެދިޔަ ހަތަރު މަސް ދުވަހުވެސް އޭނާ ވަނީ އެ ކުއްޖާގެ ނާޖާއިޒު ފައިދާ ނަގާފައެވެ.
މި މައްސަލަ ފެންމަތިވެގެން ދިޔައީ ފަހަކަށް އައިސް އެ މީހާއާ ބައްދަލުކުރަން ކުއްޖާ ދެކޮޅު ހެދުމުން، އެ ދެމީހުންގެ ފޯނު ކޯލް ރެކޯޑިންތަކެއް އޭނާ އިންޓަނެޓަށް ދޫކޮށްލުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ އެ ކުއްޖާ، އޭނާގެ ކާފައާއެކު ގޯލާ ފުލުސް ސްޓޭޝަނަށް ހާޒިރުވެ ރަސްމީކޮށް މައްސަލަ ވަނީ ހުށަހަޅާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި ތުހުމަތުކުރެވޭ ތުރިޕާތީއަކީ ކައިވެންޏެއް ކޮށްގެން ދެމަސްބައިގެ އަންހެން ދަރިއަކުވެސް ހުންނަ މީހެކެވެ.
ގޯލާ ސަރަޙައްދުގެ ސާކަލް އޮފިސަރު ދަރުވޭޝް ކުމާރު ވިދާޅުވީ، ހުށަހެޅިފައިވާ ޝަކުވާއާ ގުޅިގެން މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި، ފިލައިގެން އުޅޭ ތުހުމަތުކުރެވޭ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު