އޭއެފްސީ އަންޑަރ-20 އޭޝިއަން ކަޕް ޗައިނާ 2027 ގެ ކޮލިފައިންގެ ޑެވަލޮޕްމަންޓް ފޭސް، ގްރޫޕް ކޭ ގައި ވާދަކުރާ ދިވެހިރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ މެޗު ޝެޑިއުލް އިއުލާންކޮށްފިއެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ބްރޫނާއީ، ސްރީލަންކާ އަދި މިޔަންމާއާއެކު ގްރޫޕް ކޭ ގައެވެ.
ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ މެޗުގައި އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 17:30 ގައި ބައްދަލުކުރާނީ ބްރޫނާއީއާ އެވެ. މިއީ މުބާރާތުގެ ފެށުން ރަނގަޅުކޮށް ކާމިޔާބީއަކާއެކު ކެމްޕޭން ފެށުމަށް ލިބޭ މުހިއްމު ފުރުޞަތެކެވެ.
އެއަށްފަހު، ރާއްޖޭގެ ދެވަނަ މެޗު ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހަވީރު 17:30 ގައި ސްރީލަންކާއާ ދެކޮޅަށް ކުޅޭނެއެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ މެންދުރުފަހު 14:30 ގައި ނުކުންނާނީ މުބާރާތުގެ ހޯސްޓް ޤައުމު ކަމަށްވާ މިޔަންމާއާ ދެކޮޅަށެވެ.
މި މެޗުތަކަކީ ޒުވާން ޓީމަށް ކުރިއެރުން ހޯދުމަށާއި ކޮލިފައިންގެ ކުރިއަށް މަރުުހަލާތަކަށް ދިއުމަށް މުހިއްމު މެޗުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު