2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ޓެރެރިސްޓް ޙަމަލާތަކުގެ އިސް ސިކުނޑި ކަމަށް ބުނާ ޚާލިދު ޝެއިޚް މުޙައްމަދާއި، އޭނާއާއެކު ދަޢުވާލިބޭ ތިން މީހެއްގެ ޝަރީޢަތް 2028 ވަނަ އަހަރުގެ ޖޫން 5 ގައި ފެށުމަށް އެމެރިކާގެ އަސްކަރީ ޤާޟީއަކު ތާވަލުކޮށްފިއެވެ.
އެއާ ފޯސް ލެފްޓިނެންޓް ކާނަލް މައިކަލް އޭ. ޝްރާމާ މި ނިންމެވުން ނެރުއްވާފައިވަނީ 3،000 އެއްހާ މީހުން މަރުވި މި ޙަމަލާތަކަށް 25 އަހަރާ ގާތްވެފައި ވަނިކޮށް އަދި ޚާލިދު ޝެއިޚް މުޙައްމަދު ހައްޔަރުކުރިތާ 20 އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
މި މައްސަލައިގެ ޝަރީޢަތް 2027 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ޕްރޮސެކިއުޓަރުން އެދުނު ނަމަވެސް، ޤާޟީ ޝްރާމާ ނިންމެވީ ޝަރީޢަތުގެ ކުރިން ހުށަހަޅާ މުހިންމު އިޖުރާއީ ހުށަހެޅުންތަކާއި ހެކިތަކާ މެދު ގޮތެއް ނިންމުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
އަދި އޭނާ ނެރުއްވި އަމުރުގައި ވަނީ ޝަރީޢަތުގެ އަޞްލު މަރުޙަލާއަށް ވާސިލުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މުހިންމު މުއްދަތުތަކާއި އިންތަކެއް ކަނޑައަޅުއްވާފައެވެ.
ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ޚާލިދު ޝެއިޚް މުޙައްމަދު ހައްޔަރުކޮށްފައިވަނީ 2003 ވަނަ އަހަރު ޕާކިސްތާނުންނެވެ. އަދި 2006 ވަނަ އަހަރު އޭނާ ވަނީ ކިއުބާގައިވާ އެމެރިކާގެ ގުއަންޓަނާމޯ ބޭ އަސްކަރީ ސަރަޙައްދަށް ބަދަލުކޮށްފައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓަގަންއަށް ޖެއްސި މަތިންދާބޯޓުތައް ހައިޖެކްކޮށްގެން ދިން ޙަމަލާތައް ރާވައި ހިންގި ކަމުގެ ތުހުމަތެވެ. މި ޙަމަލާގައި ބައިވެރިވި ހަތަރުވަނަ މަތިންދާބޯޓު ވެއްޓިފައިވަނީ ޕެންސިލްވޭނިއާގެ ދަނޑުވެލި ސަރަޙައްދަކަށެވެ.
ޚާލިދު ޝެއިޚް މުޙައްމަދާއެކު ދަޢުވާލިބެނީ ވަލީދު ބިން އައްތާޝް، ޢަލީ ޢަބްދުލްޢަޒީޒް ޢަލީ (އައްމާރު އަލް-ބަލޫޗީ) އަދި މުޞްޠަފާ އަލް-ހައުސާވީގެ މައްޗަށެވެ. ގުއަންޓަނާމޯ ބޭގައި މިހާރު ތިބި މަދު ބަންދީންގެ ތެރޭގައި ހިމެނޭ މި ހަތަރު މީހުންގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކާއި މީހުން މެރުމުގެ ކުށް ސާބިތުވެއްޖެނަމަ، މަރުގެ އަދަބު އައުން އެކަށީގެންވެއެވެ.
2007 ވަނަ އަހަރުގެ އަސްކަރީ އިންސާފުގެ މަޖިލީހެއްގައި ޚާލިދު ޝެއިޚް މުޙައްމަދު ވަނީ 9/11 ގެ މުޅި އޮޕަރޭޝަންގެ ފެށުނީއްސުރެ ނިންމުމާ ހަމައަށް މަސްއޫލުވީ އޭނާ ކަމަށް އިޢުތިރާފުވެފައެވެ.
މި މައްސަލައިގެ ޝަރީޢަތް މީގެ ކުރިން 2021 ވަނަ އަހަރު ފެށުމަށްވެސް ތާވަލުކުރިއެވެ.
ނަމަވެސް އެފަހަރުވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި މިދިޔަ އަހަރު ފެޑެރަލް އިސްތިއުނާފު ކޯޓަކުން ވަނީ، ކުށަށް އިއުތިރާފުވުމުގެ ބަދަލުގައި މަރުގެ އަދަބު އުނިކޮށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ދިނުމަށް ވެވިފައިވި އެއްބަސްވުންވެސް ބާތިލުކޮށްފައެވެ.
މި މައްސަލައިގައި އެންމެ ބޮޑު ޚިލާފެއް އުފެދިފައިވަނީ ސީއައިއޭގެ ސިއްރު މަރުކަޒުތަކުގައި ތުހުމަތުކުރެވޭ މީހުން ބޭތިއްބުމަށްފަހު އަނިޔާވެރި ސުވާލުކުރުމުގެ މަރުޙަލާތަކުން ހޯދާފައިވާ ހެކިތަކާ މެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު