މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އޭނާ އެ މަގާމުން އިސްތިއުފާދެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، މަގާމުން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް އަދި ހާމަވެފައެއް ނުވެއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާ ތަމްސީލުކުރެއްވި އަހުމަދު އަބްދުﷲ އިސްތިއުފާދެއްވާފައި މިވަނީ، އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އަބްދުﷲ ޝާހިދު ވެސް އިސްތިއުފާދެއްވާފައި ވަނިކޮށެވެ.
ޝާހިދު ޕާޓީގެ ރައީސްކަމުން ވަކިވެވަޑައިގެންނެވީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހުއެވެ.
އަހުމަދު އަބްދުﷲ އަކީ ޝާހިދުގެ އަރިސް ބޭފުޅަކަށްވާއިރު، ޝާހިދު ކުރިއަށްގެންދަވާ ކެމްޕޭނު ހަރަކާތްތަކުގެ އިސް ސަފުގައިވެސް އޭނާ އަންނަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު