ހުއްދަނެތި ބޭރު ފައިސާ މާރުކުރާ ހަތް ފަރާތަކުން މިދިޔަ ނުވަ މަސް ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށާއި، މިއީ މަނީ ލޯންޑަރިންގެ އަމަލަކަށްވާތީ އެކަމުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުތަކުން، ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް މަނީ އެކްސްޗޭންޖުގެ ވިޔަފާރިކުރާ ގިނަ ފަރާތްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 63 މަނީ ޗޭންޖަރެއް ހުރި ނަމަވެސް، އެއްވެސް ލައިސެންސެއް ނެތި މި ވިޔަފާރިކުރާ ބަޔަކު އުޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގެ ތެރެއިން ބަލާލީ 7 އެކްސްޗޭންޖު ކުރާ ފަރާތަކަށް. އެ 7 އެކްސްޗޭންޖު ކުރާ ފަރާތުން މިދިޔަ 9 މަސްދުވަހުގެ ތެރޭގަ އެބަހުރި މާކެޓުގަ 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގަ ވިއްކާފަ،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ގާނޫނުގައި ހުއްދަ ނަގައިގެން ކުރަން ލާޒިމުކުރާ ކަމެއް ހުއްދަ ނުނަގައި ކުރުމަކީ ޖިނާއީ ކުށެކެވެ. އަދި އެފަދަ ޖިނާއީ ކުށެއް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ކަންކަމަށާއި ވިޔަފާރީގެ ގޮތުގައި ބޭނުންކޮށް އިތުރު މަންފާ ހޯދުމަކީ މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން ކުށަކަށް ވާތީ، މި ފަރާތްތަކުން އެ ވަންނަނީ މަނީ ލޯންޑަރިންގެ ބޮޑު ކުށެއްގެ ތެރެއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، މި ތަހުގީގުން ފާހަގަވި އެންމެ ބޮޑު އެއް މައްސަލައަކީ ގަވާއިދާ ހިލާފަށް ހިންގާ މި ތަންތަނަށް ޑޮލަރު ލިބޭ މަގުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ ތަންތަނަކީ އަމިއްލައަށް ރާއްޖެއަށް ޑޮލަރު އެތެރެކުރާ ނުވަތަ ހިދުމަތެއް ދީގެން ބޭރު ފައިސާ ހޯދާ ބައެއް ނޫން ކަމަށާއި، އެ މީހުންނަށް ޑޮލަރު ފޯރުކޮށްދެނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮލަރުން އާމްދަނީ ހޯދާ ބޮޑެތި ވިޔަފާރިތަކުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބެލީ ކޮން ބައެއްތޯ މި މީހުންނަށް ބޭރުފައިސާ ދެނީ... މީގެ ތެރޭގަ ފާހަގަކުރެވިފަ އެބަހުރި ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ރިޒޯޓުތައް. އޭގެތެރެއިން އެއް ފަރާތުން މިދިޔަ 9 މަސްދުވަސް ތެރޭގަ އެބަހުރި 4 މިލިއަން ޑޮލަރު ކަޅު ބާޒާރުގަ މާރުކޮށްފަ،" މިނިސްޓަރު ވިދާޅުވި އެވެ.
ރިސޯޓުތަކުގެ މި އަމަލަށް ފާޑުވިދާޅުވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އެމްއެމްއޭގެ އުސޫލުން ރަސްމީކޮށް މާރުކުރަން ޖެހޭ މިންވަރު މިއަށްވުރެ ކުޑަކަމަށާއި، ނަމަވެސް އެ އަދަދު ބޮޑުވެގެން ޝަކުވާ ކުރާއިރު ކަޅު ބާޒާރަށް ނެރެން ބޮޑެތި އަދަދުތަކުން ޑޮލަރު ހުންނަކަން ސާފުވާ ކަމަށެވެ.
މިނިސްޓަރު ވަނީ މިފަދަ ޣައިރު ގާނޫނީ ވިޔަފާރިތައް ހުއްޓުވައި، ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރާ އެންމެހައި ފަރާތްތަކާ މެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު