ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ މުއައްސަސާތަކެއްގެ މަސައްކަތްތައް އެއް ހަމައެއްގައި ކުރިއެރުވުމަކީ މައިގަނޑު އަމާޒު ކަމަށާއި، މިހާރު ކްރިމިނަލް ކޯޓުގެ މަސައްކަތްތަކުގެ ދުވެލި ވަރަށް ބޮޑަށް އަވަސްވެފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީޖީ ޢައްބާސް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މައްސަލަތަކުގެ ތަހުގީގީ މަރުހަލާއަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުރުކުރެވިފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުގެ އެންމެ ބޮޑު އެދުމަކީ މަސައްކަތްތައް އިތުރަށް ހަލުވިކުރުން ކަމަށްވާތީ، އެ އޮފީހާ ގުޅިގެން މަސައްކަތްކުރާ އެހެން އިދާރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އިދާރާގެ އުސޫލުތައް އިސްލާހުކޮށް މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، ފުލުހުންގެ ޚިދުމަތުންވެސް ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކޮށްފައިވާކަން ޕީޖީ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކޯޓުތަކުގެ މަސައްކަތްތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރު ކްރިމިނަލް ކޯޓުގައި މައްސަލަތައް ލަސްވާ މައްސަލައަކީ ބޮޑު ޝަކުވާއެއް ނަމަވެސް، މިހާރު ޕްރޮސިކިއުޓަރުންނަށްވެސް ބާރުބޮޑުވާ މިންވަރަށް އެ ކޯޓުގެ ޝަރީއަތްތައް އަވަސްވެފައިވާ ކަމަށެވެ.
ޓެކްނޮލޮޖީގެ ބޭނުން ހިފުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޕީޖީ އޮފީހުން ކުރިއަށްގެންދާ "ޕީޖީއޯ 2.0" މަޝްރޫޢަށް އިޝާރާތް ކުރައްވައި ޢައްބާސް ޝަރީފް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތައާރަފުވުމާއެކު އެ އޮފީހުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ޑިޖިޓަލް ކުރުމުގައި ޕީޖީ އޮފީސް ކުރީގައި އޮތް ނަމަވެސް، 2030 ވަނަ އަހަރާ ހަމައަށް ދާއިރު އަދުލު އިންސާފުގެ ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާއެއްވެސް އޭއައިގެ ޒަމާނީ ވަސީލަތްތަކާއެކު އެއް ހަމައަކަށް ގެނައުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުން އެދޭފަދަ ހަލުވި، ދެފުށް ފެންނަ އިންސާފުވެރި ނިޒާމެއް ގާއިމުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ޕީޖީ އޮފީހުގެ ހިންގުން ހަރުދަނާކޮށް، ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަން ޕީޖީ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންނެވި ކަންކަމުގައި، އެމަނިކުފާނުގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަން ޕީޖީ ޢައްބާސް ޝަރީފް ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު