ލ. މާބައިދޫގައި ސަރުކާރުން ގާއިމުކުރަމުންދާ 25 ޓަނުގެ އައިސްޕްލާންޓުގެ ބޮޑުބައި ނިމި، މިއަހަރުގެ ތެރޭގައި އެ ފެސިލިޓީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ނިންމައިފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އައިސްޕްލާންޓް ގާއިމުކޮށް ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިފްކޯއާއެވެ.
މިހާރު މި މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާއިރު، ސައިޓުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ އައިސްޕްލާންޓަށް ބޭނުންވާ ޑީސަލް ޓޭންކް ބެހެއްޓުމުގެ މަސައްކަތާއި އިމާރާތުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ތާޒާ އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުމެވެ.
މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދިނުމަށްޓަކައި ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓްތައް ގާއިމުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 5 ރަށެއްގައި އައިސްޕްލާންޓް ގާއިމުކޮށް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، އިތުރު 15 ރަށެއްގައި މި ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ވަނީ ރޭވިފައެވެ. މީގެއިތުރުން، ހުޅުމާލޭގައި 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ވަރުގެ ބޮޑު ފެސިލިޓީއެއް ގާއިމުކުރުމަށްވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.
މާބައިދޫގައި ކުރިއަށްދާ މަސައްކަތްތައް ނިމި އައިސްޕްލާންޓް އޮޕަރޭޝަނަށް އައުމާއެކު، އެ ރަށުގެ އިތުރުން މުޅި ލ. އަތޮޅުގެ މަސްވެރިންނަށްވެސް އައިސް ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު