ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ދެން ހުއްޓާލަމާ" ކެމްޕެއިންގެ މަސައްކަތްތަކަކީ ފަންނީ ދިރާސާތަކާއި ސާބިތު ހެއްކަށް ބަލައިގެން ނަތީޖާ ނެރެވޭނެ ގޮތަށް ރޭވިގެން ކުރިއަށްދާ ކަންކަން ކަމަށް ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ދުންފަތާ ދެކޮޅަށް ފަށާފައިވާ މި 5 އަހަރުގެ ގައުމީ ކެމްޕެއިނާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން ފައްޓަވައިދެއްވަމުން ވަޒީރު ވިދާޅުވީ، ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރީގެ އެއްވެސް ސަރުކާރަކުން ނުދޭހާ ބޮޑު އަހައްމިއްޔަތުކަމެއް މި ސަރުކާރުން ދެމުން އަންނަ ކަމަށެވެ. އެގޮތުން ޖެނެރޭޝަނަލް ބޭން ކަނޑައެޅުމާއި، ރަށްތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ދެވޭ ސިޒޭޝަން ޚިދުމަތްތައް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ މުހިންމު ފިޔަވަޅުތަކެއް މިހާރުވެސް ތަންފީޒު ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިދިޔަ ޖުލައި މަހުގެ 27 ގައި އިފްތިތާހު ކުރެވުނު "ދެން ހުއްޓާލަމާ" ކެމްޕެއިންގެ ސިޔާސަތުތައް ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް، އަމަލީ މަސައްކަތްތައް ބައްޓަންކުރާނީ މިހާރު އެކުލަވާލެވޭ ޚާއްޞަ ޕްލޭނުގެ ދަށުންނެވެ.
މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ ޔުނިސެފް، ޑަބްލިއުއެޗްއޯ އަދި ކަމާގުޅޭ އެކިއެކި މުއައްސަސާތަކާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއެކުގައެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުންވެސް މި ބައްދަލުވުމުގައި ވަނީ ހޯދާފައެވެ.
ރަށްރަށުގެ ޖަމްޢިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާއިރު، ދުންފަތް ހުއްޓުވުމުގެ ހަރަކާތްތަކުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މާލީ އެހީ ދިނުމަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
އަދި މި ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމަށް ނިންމާފައިވާއިރު، ވަޒީރު ޤީލާ ވަނީ މި ބޮޑު ގައުމީ ހަރަކާތުގައި އެންމެހާ ފަރާތްތަކުން އެކީގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު