ރޭވިގެން ހިންގާ ބޮޑެތި މާލީ ކުށްތަކުން ހޯދާ ފައިސާ ލޯންޑާކޮށް ފޮރުވުމަށްޓަކައި، ކުޅިވަރުގެ ދާއިރާ ނިވާފަތްގަނޑަކަށް ބޭނުންކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމަށްފަހު އެ ކޮމިޝަނުން އެކުލަވާލައި އާންމުކުރި ޚާއްޞަ ދިރާސާ ރިޕޯޓުގައެވެ.
އޭސީސީން ބުނި ގޮތުގައި މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކުޅިވަރު ޖަމުޢިއްޔާތަކުން ފައިސާ ހޯދައި، މުދަލާއި ފައިސާ ބަލަހައްޓާ ގޮތް ދެނެގަތުމެވެ. އަދި އެ އިދާރާތަކުގެ ޤާނޫނީ އޮނިގަނޑު އެކުލެވިފައިވާ ގޮތް ބަލައި، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމެވެ.
އެގޮތުން ކުޅިވަރަކީ ބިލިއަން ޑޮލަރުގެ މާލީ މުއާމަލާތްތައް ހިމެނޭ ދާއިރާއަކަށް ވުމުން، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރޭވިގެން ހިންގާ ކުށްތަކުގެ ލޯ މި ދާއިރާއަށް އަމާޒުވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ކްލަބް ޖަމުޢިއްޔާތައް ޖަވާބުދާރީ ކުރުވާނެ ހަރުދަނާ ނިޒާމެއް ނެތުމަކީ ކޮރަޕްޝަނަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ.
ކުޅިވަރުގެ ތެރެއިން ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ މައްސަލަތައް އިތުރުވަމުންދާކަން އދ. ގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ) އިން ވެސް ފާހަގަކުރާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމުގައި ގާނޫނީ ހުސްކަމެއް އޮތްކަން ފާހަގަކޮށް، ކުޅިވަރުގެ މާލީ ނިޒާމާއި ގަވަރނަންސް ހަރުދަނާކުރުމަށްޓަކައި ޖުމްލަ 18 ލަފައެއް އޭސީސީން ވަނީ ހުށަހަޅާފައެވެ.
އޭސީސީން ދީފައިވާ މުހިންމު ލަފާތަކުގެ ތެރޭގައި، ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުތައް ހާމަކުރުން ޤާނޫނުން ލާޒިމްކުރުމާއި، މިނިވަން މާލީ އޮޑިޓްތައް ހެދުމުގެ އިތުރުން އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ޢާންމުކުރުން ހިމެނެއެވެ.
އަދި އެކަޑަމީތަކާއި ކޯޗުންގެ ފެންވަރު ބެލުމަށް އިންސްޕެކްޝަންތައް ހެދުމާއި، އެސޯސިއޭޝަންތަކުގެ އިންތިޚާބީ ނިޒާމު ހަރުދަނާކޮށް، ދަނޑުތަކުން ލިބޭ ފައިސާއާއި ޕްރޮކިއުމަންޓްގެ ކަންކަން ދެފުށްފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ވެސް ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު