ކައްކާ ރޯޑްގެ ޕޯސްޓަރެއް
ކައްކާ ރޯޑްގެ ޕޯސްޓަރެއް
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑްޝޯ" ގދ. އަތޮޅުގައި ބާއްވަން ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ.

ފުލުހުން ބުނީ މިއީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާ އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެއް ކަމަށެވެ.

އަދި އެ ހަރަކާތް ކުރިއަށް ގެންދާނީ މި މަހުގެ ނުވަޔަކުން 19 އަށް ކަމަށް ވެސް ބުންޏެވެ.

އެ މުއްދަތުގެ ތެރޭގައި ގދ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުންޏެވެ.

ކައްކާ ރޯޑް ޝޯގެ ދަށުން ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކްއާއި، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، "ބީޗް ބްލާސްޓް" އިވެންޓްތަކާއި، ކުއިޒް މުބާރާތްތަކުގެ އިތުރުން ބަށި އަދި ބާސްކެޓް މުބާރާތްތައް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ "ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް" އާއި "ފަހިރާސްތާ" ޕްރޮގްރާމް ވެސް ކުރިއަށްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް