މާލެ ސަރަޙައްދުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިމަބިހި (މީޒަލްސް) ޖެހިފައިވާ އިތުރު 10 މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 226 އަށް އަރާފައެވެ. އަދި މި ބަލިން ރައްކާތެރިވުމަށް ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 15،552 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށް ވާތީ، ބަލިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަޤީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިން ސެންޓަރުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް ވަނީ އެދިފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ދިމާވެފައިވާ (ކޮންޓެކްޓްވި) ފަރާތްތަކުގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން، ލަސްނުކޮށް ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭއިން އިރުޝާދު ދެއެވެ.
މީގެއިތުރުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހި ނުވަތަ ފިތްތަކެއް ނަގާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފިނަމަ ޓެސްޓުގެ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށް ވަނީ އަންގާފައެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކޮށް، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، ޞިއްޙީ ކަންކަމާ ގުޅޭ މަޢުލޫމާތު ހޯދުމުގައި ރަސްމީ މަސްދަރުތަކުން ދޫކުރާ މަޢުލޫމާތަށް އިތުބާރުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު