ސޯޝަލް މީޑިއާގައި އަނބިމީހާއާ ދިމާލަށް "ފަލައޭ" ބުނެ މަލާމާތްކުރި ކަމަށް ބުނެ، ކަތިވަޅިއެއް ހިފައިގެން ގޮސް މާރާމާރީ ހިންގަން އުޅުނު ޒުވާނަކު ށ. މިލަންދޫން އިއްޔެ ރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކާއި 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންގެ މައްޗަށް ވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ދެކެވުނު ވާހަކަތަކެއްގެ ތެރެއިން، 22 އަހަރުގެ މީހާގެ އަނބިމީހާއާ ދިމާލަށް 31 އަހަރުގެ މީހާ "ފަލައޭ" ބުނެ ފުރައްސާރަކުރުމުންނެވެ. އެކަމާ ހިތްހަމަނުޖެހި ރުޅިގަދަވެގެން، 22 އަހަރުގެ ފިރިހެން މީހާ ވަނީ ކަތިވަޅިއެއް ހިފައިގެން އަނެއް މީހާ ދިރިއުޅޭ ގޭގެ ކައިރިއަށް ގޮސް ހަމަލާދޭން މަސައްކަތް ކޮށްފައެވެ.
މި މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 22 އަހަރުގެ މީހާގެ ބަންދަށް ވަނީ 12 ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް، 31 އަހަރުގެ މީހާ ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
މިލަންދޫ ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، 22 އަހަރުގެ މީހާ ކަތިވަޅި ހިފައިގެން އެ ސަރަހައްދަށް ގޮސް، އެ ވަގުތު އެތަނުގައި ހުރި އެހެން މީހަކަށް ވެސް ކަތިވަޅި މަޅައި "ނުފުއްޕައްޗޭ" ބުނެ ބިރުދައްކައި އިންޒާރު ދީފައިވާކަން ހެކިންގެ ބަޔާނުން އެނގެން އޮވެއެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ ވަގުތު، އޭނާގެ އަތުގައި އޮތް ކަތިވަޅި ސައިކަލެއްގެ މަޑިދަށަށް ލައި ފޮރުވި މަންޒަރު ފެނުނު ކަމަށް ވެސް ހެކިން ބުނެފައިވެއެވެ.
ފުލުހުން އެ ސައިކަލް ބަލައި ފާސްކުރިއިރު، ސައިކަލުގެ މަޑިދަށުން ކަތިވަޅީގެ އިތުރުން އިތުރު ދެ ވަޅި ވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު