ސަރުކާރު ހިއްސާވާ ކުންފުނިތައް މާލީ ގޮތުން ހަރުދަނާކޮށް، މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކުރުމުގެ މަރުހަލާގައި ވަޒީފާއިން ވަކިވާ މީހުންނަށާއި، އަމިއްލަ މަސައްކަތެއް ފަށަން އެދޭ ފަރާތްތަކަށް އެހީތެރިވުމަށް 600 މިލިއަން ރުފިޔާގެ ހާއްސަ ފަންޑެއް ގާއިމުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ހާމަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓަރި ވިދާޅުވި ގޮތުގައި، "ކުމެވި ފަންޑު"ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ފުރުސަތު ހުޅުވާލާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. އަދި މި ފަންޑުން ލޯނު ނެގުމަށް ބޭނުންވާ ވިޔަފާރި ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަރީރު ފާހަގަކުރެއްވި ގޮތުގައި، މި ފައިސާއަކީ އެސްއެމްއީ ޑިޖިޓަލްގައި މިހާރުވެސް ހަމަޖެހިފައިވާ ފައިސާއެކެވެ. އަދި މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ވަޒީފާއިން މީހުން ވަކިކޮށް މަގުމަތިކުރުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ ފަހި މަގެއް އެ ފަރާތްތަކަށް ތަނަވަސްކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރަން ޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ސަބަބުން ވަޒީފާ ގެއްލޭ ކޮންމެ މީހަކީވެސް ދިވެހި ރައްޔިތެއް ކަމަށެވެ.
އެހެންކަމުން އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، އެ އެންމެންނަށްވެސް މާލީ ރައްކާތެރިކަމާއި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ޒަރީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު