ބްރެޒީލްގައި ކޯވިޑް-19 އާއިި ހަނގުރާމަ ކުރުމުގައި ކުރީސަފުގައި ހަރަކާްތްތެރިވާ ބަޔަކު
ބްރެޒީލްގައި ކޯވިޑް-19 އާއިި ހަނގުރާމަ ކުރުމުގައި ކުރީސަފުގައި ހަރަކާްތްތެރިވާ ބަޔަކު
ބްރެޒިލްގައި ކޯވިޑް-19 އިން ސަލާމަތްވި އެންމެ ދުވަސްވީ މީހަކަށް 97 އަހަރުގެ މީހަކު ވެއްޖެ

ބްރެޒިލްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ރަނގަޅުވި އެންމެ ދޮށީ އުމުރުގެ މީހަކަށް، 97 އަހަރުގެ ޖީނާ ޑާލް ކޮލެޓޯ ވެއްޖެއެވެ.

ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަހުގެ ފުރަތަމަ ދުވަހު ޑާލް ކޮލެޓޯ އެޑްމިޓްކުރުމުން އޭނާ ރަނގަޅުވެގެން ހޮސްޕިޓަލުން ނުކުންނާނެކަމަށް ގަބޫލުކުރާނީ ވަރަށް މަދުބައެކެވެ. ނަމަވެސް އިއްޔެ ސާއޯ ޕައުލޯގެ ވިލަނޯވާ ސްޓަރ ހޮސްޕިޓަލުން އޭނާ ނުކުތީ ލެޓިން އެމެރިކާގައި ކޯވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއްކޮށްފައިވާ ބްރެޒިލްގެ ބަލިން ސަލާމަތްވި އެންމެ ދުވަސްވީ މީހާގެ ލަގަބު ލިބިގެންނެވެ. ޑޮކްޓަރުންނާއި ނަރުހުން އޭނާއަށްވަނީ ވަރަށް ކުލަގަދަ ކޮށް އަލްވަދާއު ކިޔާފައެވެ.

ވިލަ ނޯވާ ސްޓަރ ހޮސްޕިޓަލާއި ހަވާލުވެ ހުންނެވި ރީޑް ޑިއޯރ ސާއޯ ލުއިޒް ވިދާޅުވީ އިޓަލީއަށް ނިސްބަތްވާ ޑާލް ކޮލެޓޯއަކީ 11 ބެއިން ހިމެނޭ އާއިލާގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި މީހާކަމަށާއި، އޭނާ ދިރިއުޅެމުން އަންނަނީ ސަންޓޯސްގެ ޕޯރޓް ސިޓީގައި އެކަނިމާއެކަނި ކަމަށެވެ.

އުމުރުން ގަރުނަކާއި ގާތްވެފައިވާއިރުވެސް ޑާލް ކޮލެޓޯ އުޅެމުން އަންނަނީ ވަރަށް ހަރަކާތްތެރި ދިރިއުޅުމެއްކަން ފާހަގަކުރައްވާ ޑިއޯރ ސާއޯ ލުއިޒް ވިދާޅުވީ ޑާލް ކޮލެޓޯ އަކީ ހިނގާބިނގާވެ އުޅުމާއި، ވިޔަފާރިކުރުމާއި، ކެއްކުމަށް ޝައުގުވެރިކަން ހުންނަ މީހެއްކަމަށެވެ. އަދި ޑާލް ކޮލެޓޯގެ 6 މާމަދަރިން ދުނިޔޭގައި ތިބިއިރު، 5 މުނި މާމަދަރިންވެސް ދުނިޔޭގައި އެބަތިބިކަން ޑިއޯރ ސާއޯ ލުއިޒް ފާހަގަކުރެއްވިއެވެ.

ޑާލް ކޮލެޓޯ ހޮސްޕިޓަލުގައި އޮތްއިރު އައިސީޔޫގައި އެޑްމިޓްކުރަން ޖެހުނުކަމަށާއި އަދި އޮކްސިޖަން ގުޅަންވެސް ޖެހުނުކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ބްރެޒިލްގައި މިހާތަނަށް 21,042 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 1,144 މީހަކުވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން