މާލޭގެ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަރަންޓު ސޮކެޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ކަމާބެހޭ އިދާރާތަކުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ކްރެބް ޓްރީގައެވެ. މި ހާދިސާގެ ރިޕޯޓް މެންދުރު 12:00 ގެ ފަހުން ލިބުމާއެކު، ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ސިފައިން ކުރި މަސައްކަތުން ގާތްގަނޑަކަށް ވިއްސަކަށް މިނެޓުގެ ތެރޭގައި އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. ކްރެބްޓްރީ ގޭގެ އެންމެ ތިރީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިއެއްގައި ކަމަށެވެ. އަދި މި ހާދިސާގައި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ނަމަވެސް، މިހާރު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
މީގެއިތުރުން އެންޑީއެމްއޭއިން ބުނީ، އަލިފާން ރޯވި ތަނަކީ ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއް ކަމަށާއި، ސިފައިން އެ ސަރަޙައްދަށް ދިޔައިރު އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާނުގެ ސަބަބުން އެ ކޮޓަރީގައި ހުރި ބައެއް ހިފާގެންގުޅޭ ތަކެއްޗަށާއި އިމާރާތުގެ ބަޔަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު