ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެންފެށި ޗައިނާގެ ވޫހާން ސިޓީގައި ގާއިމުކުރި ބޮޑެތި ވަގުތީ ހޮސްޕިޓަލްތައް ބަންދުކޮށް އެތަނުގައި މަސައްކަތްކުރި ޞިއްޙީ އެހީތެރިން ހީރޯއިންގެ ޢިއްޒަތާއެކު ހޮސްޕިޓލް ދޫކޮށް ދަމުން މާސްކްނަގާ އެމީހުންގެ ހިނިތުންވެފައިވާ މޫނުތައް ދައްކާލައިފިއެވެ.

ޗައިނާއަށްކުރިމަތިވި އެންމެ އުނދަގޫ ދަނޑިވަޅުގައި ޤުރުބާންވި ހީރޯއިންގެ ގޮތުގައި ސިފަކުރާ މި ޞިއްޙީ އެހީތެރިން މިއަދު ވަގުތީ ހޮސްޕިޓަލްތަކުން ނުކުތީ ޗައިނާގައި ކޯވިޑް 19 ރޯގާ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވި ވަގުތީ ހޮސްޕިޓަލް ތަކުން ބަލިމީހުން މުޅިން ހުސްވުމުންނެވެ. ޗައިނާގައި ކޯވިޑް 19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވޭތުވެދިޔަ ހަފުތާގައި ދުވާލަކަށް 50 އިން ދަށަށް ވެއްޓި މިހާރު އެއްއަކުރުގެ އަދަދަށް ބަދަލުވެފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

އޭޝިޔާގެ އެންމެ ވަރުގަދަ އިޤުތިޞާދީ ބާރު ކަމަށްވާ ޗައިނާއިން ދެން އޮތީ ކޮރޯނާ ވައިރަސްގެ ސަބަބުން އަޑިއަޅާލާފައިވާ އިޤްތިޞާދު ކުރިން އޮތް ހާލަތަށް ބަދަލު ކުރުމުގެ މަސައްކަތެވެ. އިޤްތިޞާދު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ޗައިނާ މި ނުރައްކަލުން އަރައިގަނެވުނަސް ޗައިނާގެ ވިޔަފާރިތަކާ ގުޅުންހުރި ބޮޑެތި ޤައުމުތަކުގައި ބަލި ކޮންޓްރޯލް ނުވެ ފެތުރޭހާ ހިނދަކު ޗައިނާގެ އިޤްތިޞާދު ކޮޅަށް ނުޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން