އައްޑޫ ސިޓީ ފެނަކަ ކޯޕަރޭޝަނުގެ ބައެއް ވަގުތީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނައީ، އައްޑޫގެ ޕީއެންސީ މަޖިލިސް މެމްބަރުންނާ މަޝްވަރާކުރުމަށްފަހު ކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ފަތުރަމުން ދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، ފެނަކައިގެ ޕްރޮޖެކްޓުތަކަށް ނަގާފައިވާ ބައެއް މުވައްޒަފުން ވަކިކުރި މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށާއި، ނަމަވެސް އެ ނިންމުމަކީ މެމްބަރުންގެ މަޝްވަރާއާއެކު ނިންމި ނިންމުމެއް ކަމަށް ބުނެ މޭޔަރު އިތުރުފުޅު ހައްދަވަމުންދާ ކަމަށެވެ. އަޒާން ވިދާޅުވީ އޭނާއާ އެކަމުގައި މަޝްވަރާ ނުކުރާ ކަމަށާއި، ނަމަވެސް މަޝްވަރާ ކުރި ނަމަވެސް އޭނާ ދެއްވާނެ ލަފައަކީ ފެނަކައިގެ މުވައްޒަފުން މަދުކުރުން ކަމަށެވެ.
"މަސައްކަތެއް ނުކޮށް، ރައްޔިތުންގެ ފައިސާ ލިބޭގޮތަށް އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު ތިބުމަކީ އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން،" އަޒާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުން ނުވާ ވަރަށް މީހުން އައްޔަނުކުރުމުގެ ސަބަބުން، ގައުމުގެ އުފެއްދުންތެރިކަމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ވަކިން ހާއްސަކޮށް، މަސްވެރިކަން ފަދަ އުފެއްދުންތެރި މަސައްކަތްތަކުގައި އުޅުނު މީހުން ވަޒީފާގެ ނަމުގައި ކުންފުނިތަކަށް ވެއްދުމަކީ، ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާއަށް ވެވޭ ބޮޑު އިހުމާލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އަޒާން ވިދާޅުވީ މި ވާހަކަ މިގޮތަށް ދައްކަނީ ކުރިއަށް އޮތް އިންތިހާބެއްގައި ވޯޓު ހޯދަން ދާއިރު، މިއަދު ވަޒީފާ ގެއްލޭ ފަރާތްތަކާ ކުރިމަތިލާން ޖެހޭނެކަން އެނގިހުރެ، ގައުމުގެ މަސްލަހަތަށްޓަކައި ކަމަށެވެ. އަދި ފެނަކައިގެ ރެކްރޫޓްމެންޓް ޕޮލިސީތައް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް މިހާރު އަންގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޒާން މިހެން ވިދާޅުވެފައި މިވަނީ، ފެނަކައިން މުވައްޒަފުން ވަކިކުރާ މައްސަލައިގައި އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، އެއީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ލަފައާއި މަޝްވަރާގެ މަތިން ކުރާ ކަމެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވުމާ ގުޅިގެންނެވެ.

ފެނަކައިގެ ޕްރޮޖެކްޓުތަކަށް ކަމަށްބުނެ އައްޑޫ ސިޓީ ފެނަކައަށް ނަގާފައިވާ ބައެއް ވަގުތީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު އަޅުގަނޑަށްވެސް ވަނީ ލިބިފަ.
— Ahmed Azaan (@axanner) August 14, 2026
އެކަންކޮށްފައި ވަނީ އައްޑޫގެ ޕީއެންސީ މަޖިލީސް މެމްބަރުންނާ މަޝްވަރާކޮށްފައި…
އަޒާން ވިދާޅުވީ މި ވާހަކަ މިގޮތަށް ދައްކަނީ ކުރިއަށް އޮތް އިންތިހާބެއްގައި ވޯޓު ހޯދަން ދާއިރު، މިއަދު ވަޒީފާ ގެއްލޭ ފަރާތްތަކާ ކުރިމަތިލާން ޖެހޭނެކަން އެނގިހުރެ، ގައުމުގެ މަސްލަހަތަށްޓަކައި ކަމަށެވެ. އަދި ފެނަކައިގެ ރެކްރޫޓްމެންޓް ޕޮލިސީތައް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް މިހާރު އަންގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޒާން މިހެން ވިދާޅުވެފައި މިވަނީ، ފެނަކައިން މުވައްޒަފުން ވަކިކުރާ މައްސަލައިގައި އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، އެއީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ލަފައާއި މަޝްވަރާގެ މަތިން ކުރާ ކަމެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު