ބާވެ ހަލާކުވެފައިވާ ރޭލު ބޯގީއެއްގެ ތެރޭގައި ދިރިއުޅުމަކީ ގިނަ ބައެއްގެ ޚިޔާލަށްވެސް އަންނާނެ ކަމެއް ނޫނެވެ. ދަބަރު ޖަހާފައިވާ ދަގަނޑުތަކާއި، ހަނި ޖާގަތަކުގެ އިތުރުން، އެތައް އަހަރެއްގެ ބާވުމުގެ ސަބަބުން އެއީ ދިރިއުޅެން އެކަށީގެންވާ ތަނަކަށް ނުވެދާނެއެވެ. ނަމަވެސް، މެންޑީ ގްރޮޝިންސްކީއަށް މި ބާ ރޭލު ބޯގީތައް ފެނުނީ، އާދަޔާޚިލާފު އުފެއްދުމެއް ބިނާކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. އެއްއިރެއްގައި ބޭނުންނުކޮށް އުކާލާފައި އޮތް މި ބޯގީތައް، މިއަދު މިވަނީ ހިތްގައިމުކަމާއި ފުރިހަމަ ފަރުމާގެ މުއްސަނދިކަން އެކުލެވޭ ރީތި ގެއަކަށް ބަދަލުކޮށްފައެވެ.
މެންޑީއަކީ އާކިޓެކްޗަރ ނުވަތަ އިންޓީރިއާ ޒީނަތްތެރިކުރުމުގެ ރަސްމީ ތައުލީމެއް ހާސިލުކޮށްފައިވާ މީހެއް ނޫނެވެ. ނަމަވެސް، ތަންތަން އާބާދުކުރުމުގެ ގުދުރަތީ ހުނަރާއި، މީގެ ކުރިން ބައު ރިޔާ ފަހިތަކެއް މަރާމާތުކުރުމުގެ ތަޖުރިބާ އޭނާގެ ކިބައިގައި ހުއްޓެވެ. 2010 ވަނަ އަހަރު ނިއުޒީލޭންޑްގެ ވައިޕިއާޓާއިން އޭނާއަށް މި ބޯގީތައް ފެނުނުއިރު، އެތަންތަން ހުރީ ބަލާލަންވެސް ނުކުޅެދޭ ފަދަ ދަށު ދަރަޖައެއްގައެވެ.

ނިވްޒީލޭންޑްގައި ރޭލެއްގެ ބޯގީ އެއެއްގައި ފަރުމާކޮށްފައިވާ ގެއެއްގެ އެތެރެ
މި ދެ ބޯގީއަކީ 1980 ގެ އަހަރުތަކުން ފެށިގެން އެއްވެސް ބެލެހެއްޓުމެއް ނެތި، 30 އަހަރު ވަންދެން އަޅާނުލާ ދޫކޮށްލާފައިވާ ތަކެއްޗެވެ. ފުރާޅުތައް ހަލާކުވެ ފެން ލީކުވުމާއި، ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވުމުގެ އިތުރުން، މުޅި ތަން އޮތީ ދޫންޏާއި މީދަލުގެ ހާލިތަކުން ފުރިފައެވެ. އަވަށްޓެރިން ސިފަކުރި ގޮތުގައި އެއީ "ބަޑިބޭސް ޖަހާ ގޮއްވާލަންވެސް ކަމުނުދާހާ" ބާ އެއްޗެހިތަކެކެވެ. ނަމަވެސް މެންޑީއާއި އޭނާގެ ފިރިމީހާ ޑޭމަންއަށް ފެނުނީ އެއިން އައު ދިރުމެއް އުފެއްދިދާނެ ކަމުގެ އުންމީދެވެ.

ބާވެ ހަލާކުވެފައިވާ ރޭލު ބޯގީއެއްގެ ތެރޭގައި ހަދާފައިވާ ގެ މިމަސައްކަތް ނިންމަން 8 އަހަރު ހޭދަކުރި
އަށް އަހަރުގެ ބުރަ މަސައްކަތުން، އެ ދެމަފިރިން ވަނީ މި ބޯގީތައް މުޅިން އައު ހިތްފަސޭހަ ބޯހިޔާވަހިކަމަކަށް ބަދަލުކޮށްފައެވެ. ޑޭމަން އިމާރާތްކުރުމުގެ ބޮޑެތި މަސައްކަތްތައް ކުރިއިރު، މެންޑީ އިސްކަންދިނީ ތަނުގެ އެތެރެ ފަރުމާކޮށް ޒީނަތްތެރިކުރުމަށެވެ. އެމީހުން ވަނީ ބޯގީގެ ތާރީޚީ ސިފަތައް ނުގެއްލޭނެހެން، ރޭލުގައި ބޭނުންކުރާ އަސްލު ބައެއް އާލާތްތަކާއި އުކާލާފައިވާ ލަކުޑި ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް އެތަން ތައްޔާރުކޮށްފައެވެ.
މިއަދު މި "ރޭލު ގޭގައި" ހިތްފަސޭހަ ސިޓިންގ ރޫމަކާއި، ކުޑަ ބަދިގެއަކާއި، ނިދާކޮޓަރީގެ އިތުރުން މެހުމާނުންނަށް ޚާއްޞަ ބައެއްވެސް ހިމެނެއެވެ. މި ދެ ބޯގީ ގުޅުވާލާފައިވަނީ ވަށައިގެންވާ ފަރުބަދަތަކުގެ ރީތި މަންޒަރު ފެންނަ ބޮޑު ލަކުޑި ޑެކަކުންނެވެ. އަދި މިއީ ސަރުކާރުގެ ކަރަންޓާއި ފެނުގެ ނިޒާމާ ވަކިން، އިރުގެ ހަކަތައާއި ވާރޭފެން ބޭނުންކޮށްގެން އަމިއްލަ ފުދުންތެރިކަމާއެކު ދިރިއުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
މެންޑީގެ މި ކާމިޔާބީއަކީ ހަމައެކަނި ބާ އެއްޗެއް މަރާމާތުކުރުމެއް ނޫނެވެ. އެއީ ކެތްތެރިކަމާއި އުފެއްދުންތެރި ޚިޔާލެއް އޮތްނަމަ، އެހެން މީހުން އުކާލާފައިވާ ބޭކާރު ތަކެތިންވެސް އަގުހުރި ފުރިހަމަ ދިރިއުޅުމެއް ބިނާކުރެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލު