ރާއްޖޭގެ އިގުތިސާދީ މިސްރާބު ހުރީ ހައިޕާ އިންފްލޭޝަނާ ދިމާލަށް ކަމަށާއި، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ތަކެތީގެ އަގުތައް އަތްނުފޯރާ މިންވަރަށް އުފުލިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތަކެތީގެ އަގު އުފުލެމުންދާތީ އެކަމާ ދެކޮޅަށް އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި "ދަތިވެއްޖެ" އިހުތިޖާޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުން މިއަހަރު އަދާކުރަންޖެހޭ ބޮޑެތި ދަރަނިތައް ދެއްކުމަށް ބޭނުންކޮށްފައިވަނީ ކުރީގެ އެމްޑީޕީ ސަރުކާރުން އެއްކޮށްފައިވާ ރިޒާވް ފައިސާއެވެ. ނަމަވެސް، މިހާރު ޑޮލަރުގެ ރިޒާވް އެއްކޮށް ހުސްވެފައިވާ ކަމަށާއި، ކަޅު ބާޒާރުން ޑޮލަރު ހޯދަން ސަރުކާރަށް މަޖުބޫރުވެފައިވަނީ އެ ސަބަބާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާއިރު، މި ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ޑޮލަރުގެ އަގު ތިރިވާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު މައްޗަށް ދާނެ މިންވަރެއް އަންދާޒާކުރަން ސަރުކާރަށާއި މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް ވެސް ނޭނގުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ތެލާއި، ކާބޯތަކެއްޗާއި، ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ޑޮލަރުގެ ތަދުމަކާއެކު ތަކެތީގެ އަގު އުފުލުމަކީ ރާއްޖެ ހައިޕާ އިންފްލޭޝަނާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމުގެ ސަރީހަ ހެއްކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިންފްލޭޝަން މިދާ ރޭޓުގައި މައްޗަށް ދަމުންދާއިރުގައި ގައުމުތަކުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް އެނގެން އޮތީ ރާއްޖެ މި އޮތީ ހައިޕާ އިންފްލޭޝަންއޭ މި ބުނާ ހާލަތަށް މިސްރާބު ޖަހާފައި. ތަކެތީގެ އަގު އެއްގޮތަކަށް ވެސް ރައްޔިތުންނަށް އަތް ނުފޯރާ ހިސާބަށް އަހަރެއް ދުވަހުގެ ތެރޭގައި ދިޔުމަކީ މިހާރު ދެކެވޭ ހިތާމަވެރި މަންޒަރެއް." ނަޝީދު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޑޮލަރުގެ އަގު އުފުލެނީ ނޫސްތަކުގެ ސުރުހީތަކުގެ ސަބަބުން ކަމަށް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ވަރަކަށް އިގުތިސާދީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް އިސްލާހުކޮށް، ރައްޔިތުންގެ މާލީ ބުރަ ކުޑަކުރުމަށް އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، މިފަދަ ނިންމުންތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރާއްޖެއިން ފައިސާ ބޭރަށް ގެންދިއުމުގެ ބިރު އެބައޮތް ކަމަށެވެ. ރިސޯޓުތަކަކީ ބޭރުގެ އިންވެސްޓްމަންޓްތަކާއި ލޯނުތަކުގެ މައްޗަށް ބިނާވެފައިވާ ތަންތަން ކަމަށްވާއިރު، މިފަދަ މަޖުބޫރުކުރުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ނިންމަވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު