ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ނަމާއި ލޯގޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އާންމުންނަށް އޮޅުވާލުމުގެ ބޭނުމުގައި ފޭސްބުކް ޕޭޖެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
ސީއެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ފެންމަތިވެގެން އުޅޭ ފޭސްބުކް ޕޭޖުގައި އެ އޮތޯރިޓީގެ ރަސްމީ ނިޝާނާއި ބްރޭންޑިންގެ އިތުރުން، ސީއެމްޑީއޭ އިން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ބްރޭންޑިންގ ވެސް ބޭނުންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ އޮތޯރިޓީން ހިންގާ ނުވަތަ އެއްވެސް އުސޫލަކުން ހުއްދަ ދީފައިވާ ޕޭޖެއް ނޫން ކަމަށް ސީއެމްޑީއޭ އިން ކަށަވަރު ކޮށްދެއެވެ.
ހަމައެއާއެކު އެ އޮތޯރިޓީން ބުނެފައިވަނީ، އެ ޕޭޖާ ގުޅިގެން ސީއެމްޑީއޭގެ ފަރާތުން ވާހަކަދެއްކުމަށް ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއް ހިންގުމަށް އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އެހެންކަމުން، އިންވެސްޓަރުންނާއި އާންމު ރައްޔިތުން އެ ޕޭޖާއި އެއްވެސް މުއާމަލާތެއް ނުކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް އެ އޮތޯރިޓީން ވަނީ ބާރުއަޅާފައެވެ. އަދި އެ ޕޭޖުގައި ޝާއިއުކުރާ އެއްވެސް ކޮންޓެންޓަކަށް ބިނާކޮށް އެއްވެސް އަމަލެއް ނުހިންގުމަށް ވެސް ވަނީ އެދިފައެވެ.
ކެޕިޓަލް މާކެޓާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށްޓަކައި ސީއެމްޑީއޭގެ ރަސްމީ ވެބްސައިޓް ބޭނުންކުރުމަށް އެ އޮތޯރިޓީން އިރުޝާދު ދެއެވެ. މީގެ އިތުރުން، މިފަދަ އޮޅުވާލުމުގެ އަމަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް މިހާރުވެސް އަޅަމުންދާ ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ވެއެވެ.
ސީއެމްޑީއޭ އިން ވަނީ މީސްމީޑިއާ މެދުވެރިކޮށް ހިންގާ މިފަދަ ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ، ލަސްނުކޮށް އެ އޮތޯރިޓީއަށް ރިޕޯޓުކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު