"25 އަހަރުވީމާ ދެން މިކަހަލަ ހެދުން އަޅަން ހެޔޮނުވާނެ" ނުވަތަ "40 ނުވަތަ 50 ގެ އަހަރުތަކުގައި މީހުންނާ ގުޅޭނީ މިވެނި ގޮތަކަށް އުޅުނީމާ" ނުވަތަ "މި އުމުރުގެ މީހަކު މިކަހަލަ އެއްޗެއް ލުން ރަނގަޅުތަ؟" މިއީ އަޅުގަނޑުމެންގެ ތެރޭގައި އާންމުކޮށް ދެކެވޭ ވާހަކަތަކެވެ. މިފަދަ ސުވާލުތަކަށް ޖަވާބުދޭ މަޒުމޫނުތައް ވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފައި ހުރެދާނެއެވެ. ނަމަވެސް، ހަގީގަތަކީ އަޅުގަނޑުމެން މި ހޯދަނީ މުޅިން ނުބައި ޖަވާބުތަކެކެވެ. މިގޮތަށް އަބަދު އަނެކުންގެ ރުހުން ހޯދަން އުޅެން ހަދައިފިނަމަ، އަމިއްލަ ނަފްސުގެ ހަމަޖެހުމާއި އުފާވެރިކަން ދުވަހަކުވެސް ނުލިބޭނެއެވެ.
އަޅުގަނޑަކީ ފެޝަނާ ބެހޭ އިރުޝާދުދޭ މީހެއް ނޫނެވެ. ތިބާ ލާން ބޭނުންވަނީ ކޮންމެ ކުލައެއްގެ، ކޮންމެ ފަރުމާއެއްގެ ހެދުމެއް ކަމުގައި ވިޔަސް، އެއީ އިސްލާމީ އަދަބުތަކާއި މުޖުތަމައުގެ މިންގަނޑުތަކުގެ ތެރެއިން ތިބާގެ ހިތަށް ފަސޭހަ ގޮތް ކަމަށްވާނަމަ، އެކަމާ އަޅުގަނޑު އުފާކުރަމެވެ.
އަސްލު ހަގީގަތަކީ، ކޮންމެ އުމުރެއްގައި ވެސް ތިމާގެ ދިރިއުޅުން ބައްޓަންކުރަންވީ އަނެކުން ދެކޭ ގޮތަކަށް ނޫނެވެ. އަޅުގަނޑު މި ލިޔުމުގައި ބުނެދޭން މިއުޅެނީ، ދިރިއުޅުމުގެ ދަތުރުގައި ތިބާގެ ކޮނޑުން ބާލަންޖެހޭ ތިން "ބަރެއްގެ" ވާހަކައެވެ. މިއީ ހަށިގަނޑުގައި އަޅާ ފޭރާމަކަށްވުރެ ބޮޑަށް، އިންސާނާގެ ނަފްސާ ގުޅިފައިވާ ކަންކަމެވެ.
1. މާޒީގެ ކުށްވެރިކަމުގެ އިހުސާސް ދޫކޮށްލުން
މާޒީގައި ކުރެވުނު ކުށްތަކާއި، ކަންކަން ކުރެވުނު ގޮތާ މެދު އަބަދު ހިތާމަކުރުމަކީ މިއަދުގެ އުފާވެރިކަން ފޭރިގަންނަ ކަމެކެވެ. އެއީ މާޒީގައި ކުރެވުނު ބޭކާރު ޚަރަދަކަށް ވިޔަސް، ނުވަތަ ރަނގަޅަށް ނުބެލެހެއްޓުނު ގުޅުމަކަށް ވިޔަސް، އެކަމުގެ އަގު ތިބާ މިހާރު ދައްކައި ނިމިއްޖެއެވެ. އެކަމަށްޓަކައި ތިބާގެ ވަގުތާއި ހަކަތަ އިސްރާފުވެއްޖެއެވެ. އެހެންކަމުން، މާޒީން ފިލާވަޅު ލިބިގަނެ، ތައުބާވެ، މިއަދުގެ ދިރިއުޅުމަށް ސަމާލުކަން ދޭށެވެ. އަމިއްލަ ނަފްސަށް މާފުކުރަން ދަސްކުރުމަކީ ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ތަޅުދަނޑިއެވެ.
2. މޮޅު މީހެއްކަން ސާބިތުކޮށްދޭން ކުރާ މަސައްކަތް ހުއްޓާލުން
ގިނަ ފަހަރަށް އަޅުގަނޑުމެން އަގުބޮޑު ފޭރާމާއި ތަކެތި ހޯދަނީ، މީހުންގެ ކުރިމަތީގައި އަޅުގަނޑުމެންނަކީ ކާމިޔާބު ނުވަތަ މުއްސަނދި ބައެއްކަން ސާބިތުކޮށްދޭށެވެ. މިގޮތަށް އަބަދު "ދެއްކުންތެރިކަމުގެ" ފަހަތުން ދުވަން ހަދައިފިނަމަ، އަމިއްލަ ނަފްސުގެ އަސްލު ސިފަ ގެއްލިދާނެއެވެ. ތިބާ ދެކެ ހަގީގީ ލޯބިވާ މީހަކު ނަމަ، ތިބާގެ މޮޅުކަން ސާބިތުކޮށްދޭކަށް ނުޖެހޭނެއެވެ. އެހެން މީހުންނަށް ދައްކަން އުޅުން ހުއްޓާލައި، ތިމާގެ އަސްލު އާދައިގެ ސާދާ ދިރިއުޅުމަށް ރުޖޫޢަވުމުން ނަފްސަށް ބޮޑު މިނިވަންކަމެއް ލިބޭނެއެވެ.
3. މީހުންގެ ފާޑުކިޔުންތަކުގެ ބަރު އުފުލުން ހުއްޓާލުން
އަޅުގަނޑުމެންގެ މުޖުތަމައަކީ މީހުން ކުރާ ކަންކަމަށް ފާޑުކިޔުން ގިނަ ތަނެކެވެ. ނަމަވެސް ހަގީގަތަކީ، ތިބާގެ އަމިއްލަ ކަންކަމަށް ތިބާ ހީކުރާ ވަރަށްވުރެ މީހުން ދޭ ސަމާލުކަން ކުޑައެވެ. އެހެން މީހުންގެ ދުލުން ބޭރުވާ ކޮންމެ ބަހަކީ ތިބާގެ އަގު ވަޒަންކުރާ މިންގަނޑެއް ނޫނެވެ. މީހުންގެ ރުހުން ހޯދުމަށްވުރެ، މާތްﷲގެ ރުހުން ހޯދުމަށް އިސްކަންދީ، ތިމާގެ އަޚްލާގާއި ސުލޫކު ރަނގަޅު ކުރުމުން، މީހުން ދައްކާ ވާހަކައަކުން ތިބާއަކަށް އަސަރެއް ނުކުރާނެއެވެ.
ދެން އަމަލުކުރާނީ ކިހިނެއް؟
މި ބަރުތައް ނަފްސުން ނައްތާލުމަށްފަހު، ދެން އިޚްތިޔާރު ކުރަންވީ ކޮން ފޭރާމެއްތޯއެވެ؟ އަޅުގަނޑުގެ ނަސޭހަތަކީ، ތިބާގެ ދިރިއުޅުމުގެ އާދައެއްގެ ގޮތުގައި އޯގާތެރިކަމާއި، ކެތްތެރިކަމާއި، އިޚްލާޞްތެރިކަން އިޚްތިޔާރު ކުރުމެވެ. މިއީ ކޮންމެ އުމުރަކާ ވެސް އެންމެ ގުޅޭ، އެންމެ ރީތި ފޭރާމެވެ. ތިބާގެ އަސްލު ސިފަ ހިފަހައްޓައި، ހިތްހަމަޖެހުމާއެކު ދިރިއުޅުން ކުރިއަށް ގެންދާށެވެ.

ކިޔުންތެރިންގެ ހިޔާލު