ނިއުޔޯކް ސިޓީގައި އަލަށް ތައާރަފުކުރި "ޕައިޑް-އަ-ޓެއާ" ޓެކުހުގެ އުސޫލުތަކާ މެދު ހިތްހަމަނުޖެހިގެން، އެ ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ އާއި ފައިނޭންސް ޑައިރެކްޓަރާ ދެކޮޅަށް ގެދޮރުވެރިންގެ ބަޔަކު ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ހުށަހެޅި މި ދައުވާގައި އިސްކޮށް އުޅެނީ ސައިމަން ހެޑްލީ، ރޭޗަލް އޯބްރަޔަން އަދި ކާމައިން މޮރާނޯއެވެ. އެ މީހުން ބުނާ ގޮތުގައި، އެ މީހުން ދާއިމީކޮށް ދިރިއުޅޭ މައިގަނޑު ހިޔާވަހިކަމަކީ އިތުރު ޓެކުހެއް ދައްކަންޖެހޭ ތަންތަން ކަމަށް ސިޓީ ކައުންސިލުން ވަނީ ނުބައިކޮށް ކަނޑައަޅާފައެވެ.
މި މައްސަލައިގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް ހިމެނޭހެން 9 ލައްކައަށްވުރެ ގިނަ ގެދޮރުވެރިންގެ އަމިއްލަ މައުލޫމާތާއި އެޑްރެސް ހިމެނޭ ލިސްޓެއް ސިޓީ ކައުންސިލުން އާންމުކުރުމެވެ. ފައިނޭންސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި ޓެކުހާ ގުޅޭ ނޯޓިސް މިހާތަނަށް 17,000 އެއްހާ މީހުންނަށް ވަނީ ފޮނުވާފައެވެ.
ދައުވާކުރާ ފަރާތެއް ކަމަށްވާ ރޭޗަލް އޯބްރަޔަން ތުހުމަތުކުރާ ގޮތުގައި، މިއީ ސިޔާސީ މަގުސަދެއްގައި ސަރުކާރުން އަވަސްއަރުވާލައިގެން ނިންމާފައިވާ ނިންމުމެކެވެ. އަދި ދާއިމީކޮށް ދިރިއުޅޭ ގެދޮރަކީ ދެވަނަ ގޭގެ ގޮތުގައި ކަނޑައެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުގެ އިހުމާލުން ހިނގާ މިފަދަ ގޯސްތައް އިސްލާހުކުރަން އާންމު ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ބޮޑުކަމަށް އޭނާ ފާހަގަކުރިއެވެ.
މި މައްސަލައިގައި ގެދޮރުވެރިންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ކުރީގެ މޭޔަރު އެރިކް އެޑަމްސްގެ ފުރަތަމަ ޑެޕިއުޓީ މޭޔަރުކަން ކުރެއްވި ރޭންޑީ މާސްޓްރޯއެވެ. ދައުވާގައި އެދިފައިވަނީ ފައިނޭންސް ޑިޕާޓްމަންޓުން އާންމުކުރި ލިސްޓާއި ފޮނުވި ނޯޓިސްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ކަނޑައަޅައި، އާންމުކޮށްފައިވާ ލިސްޓު ވަގުތުން ނެގުމަށެވެ.
މިކަމާ ގުޅޭގޮތުން މޭޔަރު މަމްދާނީގެ ތަރުޖަމާނު މެޓް ރައުޝެންބާކް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ހާމަކަން ބޮޑުކޮށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ފައިނޭންސް ޑިޕާޓްމަންޓުން އާންމުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވަމުންދާ ކަމަށާއި، ކޯޓުގައި ސިޓީގެ ދިފާއުގައި ވަރުގަދައަށް ވަކާލާތު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޕައިޑް-އަ-ޓެއާ" ޓެކުހަކީ 5 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު، ނަމަވެސް ވެރިފަރާތުން ދާއިމީކޮށް ދިރިނޫޅޭ ގޭގެއިން ނެގުމަށް ހަމަޖެހިފައިވާ ޓެކުހެކެވެ. މިއީ ސިޓީގެ ބަޖެޓުގެ ދަތިކަން ހައްލުކުރުމަށް 2027 ވަނަ އަހަރުގެ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނި ކަމެކެވެ.
މި ޓެކްސް ދައްކަން ނޯޓިސް ލިބިފައިވާ ފަރާތްތަކުން، އެއީ އެ މީހުންގެ ދާއިމީ ހިޔާވަހިކަންކަން ސާބިތުކޮށްދޭން ޖެހެއެވެ. އާންމުންގެ ޝަކުވާތަކަށް ރިއާޔަތްކޮށް، މޭޔަރު މަމްދާނީ ވަނީ މިކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި ސެޕްޓެމްބަރު 18 އާ ހަމައަށް އިތުރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު