އެމެރިކާގެ ނިއު މެކްސިކޯގެ ފަނޑިޔާރަކު، ސޯޝަލް މީޑިއާގެ ޒަމާނީ ވަސީލަތްތައް ހިންގާ މެޓާ ކުންފުނި 567 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް އަމުރުކޮށްފިއެވެ.
މިއީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން އެ ކުންފުންޏާ ދެކޮޅަށް މިހާތަނަށް ނެރުނު އެންމެ ބޮޑު ޖޫރިމަނާގެ ހުކުމެވެ. މި ހުކުމް އިއްވަވަމުން ފަނޑިޔާރު ބްރަޔަން ބީޑްޝައިޑް ވިދާޅުވީ، މެޓާގެ ޕްލެޓްފޯމްތަކަކީ ވައި ނުސާފުވުން ފަދަ "އާންމު އުނދަގުލެއް" ނުވަތަ "ޕަބްލިކް ނިއުސަންސް" އެއްގެ ގޮތުގައި ބެލެވޭ ކަމަށާއި، އެ ކުންފުނިން ދައްކާ ފައިސާ ބޭނުންކުރަންވާނީ ކުރިމަގުގައި ލިބޭނެ ގެއްލުންތައް ކުޑަކުރުމަށް އުފައްދާ ފަންޑަކަށް ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިއްވި މި ހުކުމަކީ، މި މައްސަލައިގައި މީގެ ކުރިން މެޓާގެ މައްޗަށް ދައްކަން އަމުރުކުރި 375 މިލިއަން ޑޮލަރުގެ އިތުރުން ކުރި ޖޫރިމަނާއެކެވެ. މިއާއެކު މި މައްސަލައިގައި މެޓާއިން ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު ބީޑްޝައިޑް މެޓާ ސިފަކުރެއްވީ ފެކްޓްރީއެއްގެ ގޮތުގައެވެ. އެ ފެކްޓްރީގެ އުފެއްދުމަކީ އިޝްތިހާރާއި ކޮންޓެންޓް ކަމުގައި ވީނަމަވެސް، އެ މަސައްކަތުގެ ތެރެއިން އުފެދޭ "ވިހަ ދުން" ނުވަތަ ތަޣައްޔަރުވުމަކީ ކުޑަކުދިންނަށް ލިބޭ ނަފްސާނީ ގެއްލުމާއި ޖިންސީ ގޮތުން އިސްތިޣުލާލު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންސްޓަގްރާމް، ފޭސްބުކް، ވަޓްސްއަޕް އަދި ތްރެޑްސްގެ ބެލެނިވެރި ކުންފުނި މެޓާގެ ތަރުޖަމާނަކު ވިދާޅުވީ، ކޯޓުގެ މި ނިންމުމާ އެ ކުންފުނިން އެއްބަސްނުވާ ކަމަށާއި، މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ނޭދެވޭ ކަންކަން ކުރާ ފަރާތްތަކާއި ގެއްލުންދެނިވި ކޮންޓެންޓް ނައްތާލުމުގައި ހުރި ގޮންޖެހުންތައް ހާމަކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އިއްވި 375 މިލިއަން ޑޮލަރުގެ ހުކުމާ ގުޅިގެންވެސް މެޓާއިން ވަނީ ހަމަ މިފަދަ ރޫހެއްގައި ވާހަކަދައްކާފައެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަމުގެ މައްސަލައެއްގައި އެމެރިކާގެ ސްޓޭޓަކުން މެޓާއާ ދެކޮޅަށް ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ.
ޓްވިޓާގެ ކުރީގެ ޔޫރަޕް ގޯޅީގެ ނައިބު ރައީސް ބްރޫސް ޑެއިސްލީ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއީ މެޓާ ކުންފުންޏަށް ބަލާއިރު ވަރަށް ކުޑަ އަދަދެއް ކަމަށެވެ. އެގޮތުން މެޓާގެ އެންމެ ފަހުގެ މާލީ ރިޕޯޓްތަކަށް ބަލާއިރު، މިއަހަރުގެ އޭޕްރީލް މަހުން ޖޫން މަހަށް އެ ކުންފުންޏަށް ވަނީ 61 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. ނަމަވެސް، މި ހުކުމަކީ މުޅި ދުނިޔޭގައިވެސް ސޯޝަލް މީޑިއާ ކުންފުނިތައް ޒިންމާދާރުކުރުވުމުގެ އާ މަރުހަލާއެއް ފެށިގެންދިޔަކަމުގެ ނިޝާނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިއު މެކްސިކޯގެ މި މައްސަލައަކީ 2023 ވަނަ އަހަރު އެ ސްޓޭޓްގެ އެޓާނީ ޖެނެރަލް ހުށަހެޅުއްވި މައްސަލައެކެވެ. އެ ދައުވާގައި ބުނެފައިވަނީ، މެޓާގެ ޕްލެޓްފޯމްތަކުން ކުޑަކުދިންނަށް ޖިންސީ ކަންކަމަށް ހިތްވަރުދޭ ތަކެތި ފެނުމާއި، ޖިންސީ ޝިކާރަވެރިންނާ ބައްދަލުވުމުގެ ފުރުސަތު އޮތުމުން އެކަމުގެ ޒިންމާ އެ ކުންފުނިން އުފުލަންޖެހޭނެ ކަމަށެވެ. ޝަރީއަތުގެ ފުރަތަމަ މަރުހަލާގައި ސާބިތުވެފައިވަނީ، މެޓާގެ "އަލްގޮރިދަމް" ތަކުން ކުޑަކުދިންނަށް ގެއްލުންދެނިވި ކަންކަމާ ދިމާއަށް މަގުދައްކާފައިވާ ކަމަށެވެ.
ފަނޑިޔާރު ބީޑްޝައިޑްގެ ހުކުމުގައި ބުނެފައިވަނީ، މެޓާގެ ސަބަބުން ލިބޭ ގެއްލުންތަކަކީ ހަމައެކަނި އިންޓަނެޓްގެ ތެރޭގައި އޮންނަ ކަމެއް ނޫން ކަމަށާއި، އެކަން ހަގީގީ ދުނިޔެއަށްވެސް ފެތުރިގެންދާ ކަމަށެވެ. މީގެ ސަބަބުން ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުގެ އިތުރުން ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޖޫރިމަނާގެ ފައިސާގެ ތެރެއިން 420 މިލިއަން ޑޮލަރު ހޭދަކުރާނީ މިހާތަނަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާދިނުމަށާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ބާކީ ބައި ހޭދަކުރާނީ މުދައްރިސުންނާއި ސިއްހީ މާހިރުން މިފަދަ މައްސަލަތަކަށް ހޭލުންތެރިކުރުވުމަށެވެ.
މީގެ އިތުރުން، މެޓާއިން ވަގުތުން ތަންފީޒުކުރަންޖެހޭ ބައެއް އަމުރުތައްވެސް ފަނޑިޔާރު ވަނީ ނެރުއްވާފައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް ބޮޑެތި މީހުންނަށް ރިކޮމެންޑް ނުކުރުމާއި، ބޮޑެތި މީހުންނަށް ކުޑަކުދިންނަށް މެސެޖު ނުކުރެވޭ ގޮތް ހެދުން ހިމެނެއެވެ. އަދި ކުޑަކުދިންނަށް އޮރިޔާން ކާޑު ފޮނުވުމާއި ލިބުން މަނާކުރުމާއި، ކުޑަކުދިންގެ ފޮޓޯތަކުން "ލައިކްސް" ފެންނަން ހުންނަ މިންވަރު އުނިކުރުމާއި، ރޭގަނޑު 10 އަކުން ހެނދުނު 7 އަކަށް އަދި ސްކޫލް ގަޑިތަކުގައި ނޮޓިފިކޭޝަންތައް ބަންދުކުރުން ހިމެނެއެވެ. މީގެ އިތުރުން، މަހެއްގެ މައްޗަށް އިންސްޓަގްރާމާއި ފޭސްބުކް ބޭނުންކުރެވޭނީ ޖުމްލަ 90 ގަޑިއިރު ކަމަށް ކަނޑައެޅުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
މެޓާއާ ދެކޮޅަށް އެމެރިކާގެ އެކި ސްޓޭޓްތަކުގައި މިފަދަ އެތައް ހާސް މައްސަލައެއް މިހާރުވެސް ހިނގަމުންދާއިރު، އަންނަ ހަފުތާގައި ކެލިފޯނިއާގައިވެސް ބޮޑު ޝަރީއަތެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުންވެސް ދަނީ ކުޑަކުދިން ސޯޝަލް މީޑިއާއިން ރައްކާތެރިކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންނެވެ. އެގޮތުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމާއި ރޭގަނޑު ވަގުތުތަކުގައި ބޭނުންނުކުރެވޭ ގޮތަށް ހެދުން ފަދަ ކަންކަން ދަނީ ދިރާސާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު