ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ހިންގުން ވަރުގަދަކޮށް، ޕާޓީގެ ލީޑަރޝިޕް އައު ކުރުމަށް ބާއްވާ އިންތިޚާބުގެ ފޯރި މިވަނީ ގަދަވާން ފަށާފައެވެ. ޕީއެންސީގެ މަތީ މަޖިލީހުން ޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުމުގެ މަރުޙަލާ ކުރިއަށް އޮތްއިރު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމުތަކަށެވެ.
އެގޮތުން މިހާރުވެސް ޕީއެންސީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ނިމާލް (ފެނަކަ ނިމާލް)، ސޯޝަލް މީޑިއާގައި ދޫކޮށްލެއްވި ވީޑިއޯއަކާއެކު ސިޔާސީ މަސްރަޙުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ރީތި މިއުޒިކަކާއެކު، ކޮކާލެއްގެ މަންޒަރު ހިމެނޭ ގޮތަށް ނިމާލް އާންމުކުރެއްވި މި އިޝާރާތަކީ، ކުރިއަށް އޮތް އިންތިޚާބުގައި ނައިބު ރައީސްކަމުގެ މަޤާމަށް އަލުން ކުރިމަތިލައްވާނެ ކަމުގެ ފެހި ސިގްނަލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ނިމާލަކީ ޕީއެންސީ އުފެދުނީއްސުރެ ޕާޓީގެ ދިފާއުގައި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ކުރިއެރުވުމުގައި ސާބިތުކަމާއެކު ހުންނެވި، ވަފާތެރި މެންބަރެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. ޚާއްޞަކޮށް ޕާޓީއަށް ދިމާވި ދަތި އުނދަގޫ ދަނޑިވަޅުތަކުގައި އޭނާ ދެއްކެވި ހިތްވަރާއި ސާބިތުކަމަކީ ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު އޭނާއަށް ލިބިފައިވާ މައިގަނޑު ސަބަބެވެ.
ޕީއެންސީގެ ނައިބު ރައީސްކަމުގެ މަޤާމަށް މިހާރުވެސް ލީޑަރޝިޕްގައި ތިއްބެވި ނުފޫޒުގަދަ ގިނަ ބޭފުޅުންތަކެއް ވާދަކުރައްވާނެ ކަމަށް މިހާރުވެސް ވަނީ އިޢުލާނު ކުރަށްވާފައެވެ. މިފަދަ ވާދަވެރި މާޙައުލެއްގައި ނިމާލް މި ދެއްކެވި "ކޮކާލުގެ" ރަމްޒީ މާނައަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. އެއީ އާ ފެށުމެއްގެ ނިޝާނެއް ބާވައެވެ؟ ނުވަތަ ޕާޓީގެ އެތެރޭގެ ރޫޙު އާލާކޮށްލުމަށް ދެއްވި މެސެޖެއް ބާވައެވެ؟
ކޮންމެއަކަސް، ޕީއެންސީގެ އާންމު މެންބަރުންނާއި ސިޔާސީ ދާއިރާގެ މުޙައްލިލުން މިހާރު އިންތިޒާރު ކުރަމުންދަނީ ނިމާލްގެ މި އިޝާރާތުގެ ސާފު ޖަވާބަކަށެވެ. ރީތި ލަވަޔަކާއެކު އޭނާ ފެއްޓެވި މި "ކޮކާލުގެ ދަތުރު" ނިމިގެންދާނީ ޕާޓީގެ ލީޑަރޝިޕްގެ ގޮނޑިއަކަށްތޯ ނުވަތަ ނޫންތޯ ކުރިއަށް އޮތް ދުވަސްތަކުގައި ސާފުވެގެންދާނެއެވެ.
ހަމައެއާއެކު ނިމާލުގެ އަލިގަދަ ތަރީގެ ޖާދޫގައި ޕީއެންސީއަށް އަންނާނެ ކުރިއެރުމާމެދު ޕާޓީގެ މެންބަރުން ތިބީ ހިފެހެއްޓުމެއްނެތް އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު