ދިވެހިރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވި، ފާއިތުވި ހަފުތާގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް ދަށްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން މި ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 199 އަށް އަރާފައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމަކަށް ވީނަމަވެސް، މިއަހަރުގެ މެއި މަހު މާލެ ސަރަހައްދުން ބަލީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އުސޫލުތަކާ އެއްގޮތަށް އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، ބަލި މޮނީޓަރުކުރުމާއި، ބަލިޖެހިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތުގެ އިތުރުން، ޚާއްޞަ ވެކްސިން ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ. މެއި އަދި ޖޫން މަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވި ނަމަވެސް، ޖުލައި މަހުގެ މެދުތެރެއިން ފެށިގެން މި އަދަދުތައް ވަނީ ބޮޑުތަނުން ދަށްވާން ފަށާފައެވެ.
ބަލިން ރައްކާތެރިވުމަށް ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 12,971 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.
ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށްވާތީ، އާންމު ސާފުތާހިރުކަމަށް އިތުރަށް ސަމާލުވުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެކަހެރިވުމަށް ސިއްހީ އިދާރާތަކުން ބާރުއަޅުއްވައެވެ. ޚާއްޞަކޮށް، ހުމާއި ރޯގާގެ އިތުރުން ހަށިގަނޑުގައި ހިމަ ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް މާސްކު އަޅައިގެން ސިއްހީ ފަރުވާ ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން، ޗުއްޓީ ނިންމުމަށްފަހު މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ރަށަށް ދިއުމަށްފަހު ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މީހުންގެ ތެރެއަށް ނުނިކުމެ ގޭގައި މަޑުކުރުމަކީ ފަރުދީ ޒިންމާއެކެވެ. އަދި ހުމާއި ރޯގާގެ އަލާމާތްތައް ހުރި ކުދިން ސްކޫލަށް ނުފޮނުވުމަށް ބެލެނިވެރިންނަށް ސިއްހީ މާހިރުން ނަސޭހަތްތެރިވެއެވެ.

ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ#measles pic.twitter.com/bc7ZqMq6uB
— Health Protection Agency (@HPA_MV) August 4, 2026
ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށްވާތީ، އާންމު ސާފުތާހިރުކަމަށް އިތުރަށް ސަމާލުވުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެކަހެރިވުމަށް ސިއްހީ އިދާރާތަކުން ބާރުއަޅުއްވައެވެ. ޚާއްޞަކޮށް، ހުމާއި ރޯގާގެ އިތުރުން ހަށިގަނޑުގައި ހިމަ ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް މާސްކު އަޅައިގެން ސިއްހީ ފަރުވާ ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން، ޗުއްޓީ ނިންމުމަށްފަހު މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ރަށަށް ދިއުމަށްފަހު ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މީހުންގެ ތެރެއަށް ނުނިކުމެ ގޭގައި މަޑުކުރުމަކީ ފަރުދީ ޒިންމާއެކެވެ. އަދި ހުމާއި ރޯގާގެ އަލާމާތްތައް ހުރި ކުދިން ސްކޫލަށް ނުފޮނުވުމަށް ބެލެނިވެރިންނަށް ސިއްހީ މާހިރުން ނަސޭހަތްތެރިވެއެވެ.
ކިޔުންތެރިންގެ ހިޔާލު