ޒަމާނީ ދިރިއުޅުމުގައި ހަކުރު ގިނަ ބުއިންތަކާ ދުރުވުމުގެ ނިޔަތުގައި ގިނަ ބަޔަކު އިޚްތިޔާރު ކުރަނީ 'ޑައިޓް ސޯޑާ' ނުވަތަ އާޓިފިޝަލްކޮށް ފޮނިކޮށްފައި ހުންނަ ބުއިންތަކެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ބުއިންތަކަކީ ސިއްހަތަށް ފައިދާހުރި ބަދަލެއް ނޫން ކަމަށާއި، މީގެ ސަބަބުން ސިކުނޑީގެ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ވަނީ ހާމަވެފައެވެ. ޚާއްޞަކޮށް ހަނދާން ނެތުމާއި ސިކުނޑީގެ ބަލިތަކާ މިފަދަ ބުއިންތަކާ ގުޅުމެއް ހުރިކަމަށް ސައިންސްވެރިން މިހާރު ދަނީ އިންޒާރު ދެމުންނެވެ.
ފަހުގެ ދިރާސާތަކުން ހާމަވާ ގޮތުގައި، ދުވާލަކު އެންމެ ޑައިޓް ސޯޑާއެއް ބޯ މީހުންނަށް ވެސް، މިފަދަ ބުއިންތައް ނުބޯ މީހުންނާ އަޅާބަލާއިރު ސްޓްރޯކް ޖެހުމުގެ ފުރުސަތު ތިން ގުނަ އިތުރުވެއެވެ. އަދި ހަމައެއާއެކު، ސިކުނޑީގެ ނާރުތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން "ޑިމެންޝިއާ" ނުވަތަ ހަނދާން ބަލިވުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ވެސް ތިން ގުނަ އިތުރުވާކަމަށް ދިރާސާއިން ދައްކައެވެ. މިއީ ސިއްހީ މާހިރުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
ޑައިޓް ސޯޑާގައި ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް ސްވީޓްނާސް، މިސާލަކަށް އެސްޕާޓޭމް ފަދަ މާއްދާތަކަކީ ސިކުނޑީގެ ސިއްހަތަށް ނުރައްކާތެރި އެއްޗެކެވެ. މި މާއްދާތަކުގެ ސަބަބުން ސިކުނޑީގެ މެމޮރީ ސެންޓަރުތަކަށް ބަދަލު އަންނަކަން ލެބޯޓްރީ ތަހުލީލުތަކުން ވަނީ ފެނިފައެވެ. އަދި ގިނަ ދުވަހު މިފަދަ ބުއިންތައް ބޭނުންކުރުމުން ހަނދާން ބަލިވުމުގެ އިތުރުން، ކަންކަމަށް ސަމާލުކަން ދިނުމަށާއި އައު ކަންކަން ދަސްކުރުމަށް ވެސް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ބޮސްޓަން ޔުނިވާސިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި، އާޓިފިޝަލްކޮށް ފޮނިކޮށްފައި ހުންނަ ބުއިންތައް ގިނައިން ބޭނުންކުރާ މީހުންގެ ސިކުނޑީގެ ސައިޒު ކުޑަވުމަށް މަގުފަހިވެއެވެ. ސިކުނޑީގެ ޖުމްލަ ސައިޒު ކުޑަވުމަކީ އުމުރުން ދުވަސްވުމުން ކުރިމަތިވާ ސިކުނޑީގެ ބަލިތަކަށް އޮތް ބޮޑު ނުރައްކަލެކެވެ. މީގެ ތެރޭގައި ހަނދާން ނެތުމުގެ އެންމެ ނުރައްކާތެރި ބަލި ކަމުގައިވާ 'އަލްޒައިމާސް' ބަލި ހިމެނެއެވެ.
ހަކުރު މަދުކުރުމުގެ ނަމުގައި ޑައިޓް ސޯޑާއަށް ބަދަލުވުމަކީ އަމިއްލަ ސިއްހަތަށް ދެވޭ ގެއްލުމަކަށް ވެދާނެއެވެ. ސިކުނޑީގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށާއި ހަނދާން ނެތުމުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، އެންމެ ރަނގަޅު ގޮތަކީ މިފަދަ އާޓިފިޝަލް ބުއިންތަކާ ދުރުވެ، ގުދުރަތީ ފެން ނުވަތަ ތާޒާ މޭވާގެ ދިޔަ ފަދަ ސިއްހަތަށް ފައިދާހުރި ތަކެތި ބޭނުންކުރުމެވެ. ސިއްހަތަކީ ނިއުމަތެކެވެ. އެހެންކަމުން އަޅުގަނޑުމެން ކާބޯތަކެތީގެ ތެރެއަށް މި ފަދަ ވިހަ މާއްދާތައް އެތެރެވުމުން ސަލާމަތްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު