ރާއްޖޭގައި ފުޅާދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރިކުރާ ބައެއް ބޮޑެތި ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސްއަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަމުންދާއިރުވެސް، ސަރުކާރަށާއި މީރާއަށް އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
މޫސާ މަނިކު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް ޑޮލަރުން އާމްދަނީ ލިބޭ ބައެއް ބޮޑެތި ވިޔަފާރިތަކުން ރާއްޖޭގައި ހިންގާ މުޢާމަލާތްތަކުގެ ވިކުރާ ޖަމާކުރަނީ ވިލާތުގެ ގައުމުތަކުގައި ހުންނަ އެ ކުންފުނިތަކުގެ އޮފީސްތަކަށް ކަމަށެވެ. އަދި ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ވައްދަނީ އެ އާމްދަނީގެ އެންމެ ފަސްބައިކުޅަ އެއްބައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ކުންފުނިތަކުން ދައުލަތަށް ޓެކްސް ދައްކަނީވެސް ރާއްޖެއަށް ވައްދާ އެ ކުޑަ މިންވަރަށް ބަލައިގެން ކަމަށެވެ. ނަމަވެސް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިކަންކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް މޫސަ ވިދާޅުވިއެވެ.
ރިސޯޓުތަކުގެ ކޮޓަރި ވިއްކާ އަގުތަކާއި ޓެކްސްގެ ގޮތުގައި ދައްކާ މިންވަރާ ދެމެދު ހުރި ބޮޑު ތަފާތަށް އަލިއަޅުވާލައްވަމުން މޫސަ ވިދާޅުވީ، "2,000 ޑޮލަރަށް ކޮޓަރިއެއް ވިއްކުމަށްފަހު ޓެކްސް މި ދައްކަނީ އެންމެ 200 ޑޮލަރަށްވާ ވަރަށް" ކަމަށެވެ.
މި މައްސަލައިގެ ސިޔާސީ ނުފޫޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ފަރާތްތަކަށް މިފަދަ ވިޔަފާރިވެރިންގެ ފަރާތުން ފައިސާގެ އެހީތެރިކަން ލިބޭނަމަ، އެ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބެންޖެހޭ ހަމައަގު އަތުލުމަށް ސަރުކާރުތައް ނުކުޅެދޭނެ ކަމަށެވެ.
މޫސަގެ ޕޯސްޓު ނިންމަވާލައްވަމުން އިންޒާރު ދެއްވީ، މިފަދަ ބޮޑެތި އިގްތިސާދީ ޖަރީމާތަކަށް އެއްލޯ މަރާލައިގެން ތިބެ، ގައުމުގައި ޑޮލަރު ނެތިގެންނާއި ތަކެތީގެ އަގު ބޮޑުވެގެން ކިތަންމެ ކަންބޮޑުވުމެއް ފާޅުކުރި ނަމަވެސް، ޑޮލަރުގެ އަގު ތިރިނުވާނެ ކަމަށެވެ.

ޑޮލަރު ލިބޭ މިރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވަތްގަނޑަށް ވަންނަ ވިކުރާ ވިލާތުގަ ހުންނަ އޮފީހަކަށް ޖަމާކޮށްފަ ފަސްބައކުޅައެއްބައި ރާއްޖޭގެ ސެންޓްރަލް ބޭންކަށް ވައްދައގެން އެއަށް ޓެކްސް ދައްކާ ވިޔަފާރިތަށްވެސް ހުރެޔޯލައެވެ؟
— Moosa Maniku (Reeko) (@ReekoMoosa) August 2, 2026
މީރާއަށްވެސް ސަރުކާރަށް ވެސް…
އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ކުންފުނިތަކުން ދައުލަތަށް ޓެކްސް ދައްކަނީވެސް ރާއްޖެއަށް ވައްދާ އެ ކުޑަ މިންވަރަށް ބަލައިގެން ކަމަށެވެ. ނަމަވެސް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިކަންކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް މޫސަ ވިދާޅުވިއެވެ.
ރިސޯޓުތަކުގެ ކޮޓަރި ވިއްކާ އަގުތަކާއި ޓެކްސްގެ ގޮތުގައި ދައްކާ މިންވަރާ ދެމެދު ހުރި ބޮޑު ތަފާތަށް އަލިއަޅުވާލައްވަމުން މޫސަ ވިދާޅުވީ، "2,000 ޑޮލަރަށް ކޮޓަރިއެއް ވިއްކުމަށްފަހު ޓެކްސް މި ދައްކަނީ އެންމެ 200 ޑޮލަރަށްވާ ވަރަށް" ކަމަށެވެ.
މި މައްސަލައިގެ ސިޔާސީ ނުފޫޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ފަރާތްތަކަށް މިފަދަ ވިޔަފާރިވެރިންގެ ފަރާތުން ފައިސާގެ އެހީތެރިކަން ލިބޭނަމަ، އެ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބެންޖެހޭ ހަމައަގު އަތުލުމަށް ސަރުކާރުތައް ނުކުޅެދޭނެ ކަމަށެވެ.
މޫސަގެ ޕޯސްޓު ނިންމަވާލައްވަމުން އިންޒާރު ދެއްވީ، މިފަދަ ބޮޑެތި އިގްތިސާދީ ޖަރީމާތަކަށް އެއްލޯ މަރާލައިގެން ތިބެ، ގައުމުގައި ޑޮލަރު ނެތިގެންނާއި ތަކެތީގެ އަގު ބޮޑުވެގެން ކިތަންމެ ކަންބޮޑުވުމެއް ފާޅުކުރި ނަމަވެސް، ޑޮލަރުގެ އަގު ތިރިނުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު