ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފެއިލްކޮށްލައްވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ އިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީއަށް ގަބޫލުކުރެވެނީ އެމްޑީޕީގެ ވެރިކަމުގައި ނުހެދުނު އެތައް ފްރީ ޓްރޭޑް އެގްރީމެންޓް (މިނިވަން ވިޔަފާރީގެ އެއްބަސްވުން) ތަކެއް އަވަށްޓެރި ގައުމުތަކާއެކު ހެދުމުން ކަމަށެވެ.





ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިޔަފާރީގެ ފަހި ސިޔާސަތުގެ ދަށުން އެ އެއްބަސްވުންތަކުގެ މަންފާ ދިވެހި ރައްޔިތުންނަށް މިހާރުވެސް ލިބެމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެތައް ފައިދާއެއް ލިބެމުންދާނެއެވެ.

އަދި އެމްޑީޕީން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަން އުޅެނީ އެކަމާ "ހަޖަމު ނުވެގެން" ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ވާހަކަ ނިންމަވާލައްވަމުން ޝުޖާއު ވަނީ، އިރާދަކުރެއްވިއްޔާ މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފެއިލްކޮށްލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު