ދަރުމަވަންތަ ހޮސްޕިޓަލް (ރަސް ފޮޓޯ)
ދަރުމަވަންތަ ހޮސްޕިޓަލް (ރަސް ފޮޓޯ)
ދަރުމަވަންތަ ހޮސްޕިޓަލް ބީލަމަށް ނުލައި އިމާރާތްކުރަން ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭސީސީން ނިންމި ނިންމުން އަލުން ބަލަން ފަށައިފިއެވެ.

ރައީސް ޔާމީންގެ ތަރައްޤީގެ އެންމެ ބޮޑެތި ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލްގެ މި މައްސަލައިގެ ތަހުގީގު އޭސީސީން އަލުން ބަލަން ފެށީ ރައީސް ޞާލިޙް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން އެމައްސަލަ އަލުން ބަލަން އެދުމާއި ގުޅިގެންނެވެ. ދަރުމަވަންތަށް ހޮސްޕިޓަލަކީ ސަރުކާރުން 143 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުކެވެ. އެ ހޮަސްޕިޓަލް އިމާރަތް ކުރުމުގެ މަސައްކަތް ހަވާލުކުރީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.

2017 ވަނަ އަހަރު އޭސީސީގެ ކުރީގެ މެމްބަރުން ވަނީ ދަރުމަވަންތަށް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މައްސަލައިގައި ކޮރަޕްޝަން ނެތްކަމަށް ނިންމައި އެ މައްސަލަ ފައިލްކޮށްފައެވެ. ފަހުން އެކުލަވާލި އޭސީސީން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ގިނަ މަޝްރޫޢުތަކެއްގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ބުނެ ކުރީގެ އޭސީސީން ފައިލްކުރި ގިނަ މައްސަލަތަކެއް އެސެޓު ރިކަވަރީން އަންގައިގެން އަލުން ބަލަން ފަށައިފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، އެ ފަދަ މަސައްކަތެއްގެ އަގު އާންމުކޮށް އުޅެނީ 40 މިލިއަނެއްހާ ޑޮލަރުގައި ކަމަށެވެ. ނަމަވެސް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެފައިވަނީ، އަގުބޮޑަސް އިމާރާތް އަވަހަށް ނިންމައި ރައްޔިތުންނަށް ސިއްހީ ފަރުވާ ދޭން ބޭނުންވާ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މަސައްކަތް 53 މިލިއަން ޑޮލަރަށް ނިންމައިދިނުމަށް ޗައިނާގެ ހާބަ އިންޖިނިއަރިން އިން ވެސް ސަރުކާރަށް ހުށައެޅިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން