މާދަމާ އަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ދުވަހެއް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު މޫސުމީ ރިޕޯޓެއްގައި ބުނެފައިވަނީ، މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ތެރެއިން ރާއްޖޭގެ އުތުރާއި ދެކުނުގައި 'ލޯޕްރެޝަރ ޓަރަފް' އެއް އުފެދިފައިވާ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހުޅަނގު ފަރާތުގައި ބޯކޮށް ވާރޭވެހޭނެ ފަދަ ވިއްސާރަވިލާ ގިނަ އަދަދަކަށް އުފެދެމުންދާކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން މެޓް އޮފީހުން ވަނީ މާދަމާ މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. "ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށާއި، މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ،" މެޓް އޮފީހުގެ މެސެޖުގައި ބުނެފައިވެއެވެ.
މާދަމާއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވިފައިވާއިރު، މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން މިއަދު ހަވީރު 16:00 އާ ހަމައަށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މިރޭ 22:00 އާ ހަމައަށް ހއ. އަތޮޅުން ތ. އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށާއި، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ކަމާބެހޭ އިދާރާތަކަށް އެންގުމަށް ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު