ރާއްޖޭގައި އިންސާނީ ވަގުފާރިއާއި އެކްސްޕްލޮއިޓޭޝަން ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ އަމަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއަހަރުގެ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އެ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، މިއަހަރުގެ އޭޕްރީލް މަހު މަސައްކަތްތެރިކަމާ ގުޅޭ ދާއިރާތައް ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެއްވުމަކީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުން އިތުރަށް ހަރުދަނާވެގެންދިޔަ ނިންމުމެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2028" އިފުތިތާހުކޮށް، އެ ޕްލޭނަށް އަމަލުކުރަން މިހާރު ވަނީ ފަށާފައި ކަމަށާއި، މި މަގުޗާޓުގެ ސަބަބުން މިހާރު ދިމާވެފައިވާ ނިޒާމީ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބި، މުޅި ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ބަޔާނުގައިވެއެވެ.
މިއަހަރުގެ މި ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" ނުވަތަ "މަކަރާއި ހީލަތުން ގައިދުކޮށްފައި" މި ޝިޔާރަށް އަލިއަޅުވާލައި ދާޚިލީ ވުޒާރާއިން ބުނީ، ޒަމާނީ ޓެކްނޯލޮޖީއާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެން އޮޅުވާލައިގެން މީހުން ޓްރެފިކް ކުރުމުގެ އަމަލުތައް ދުނިޔޭގައި އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން، ކުށް ހިނގުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ހަމައެއާއެކު ދާޚިލީ ވުޒާރާއިން ވަނީ، މި އަމާޒަށް ވާސިލުވުމަށްޓަކައި، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ފުޅާކޮށް، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަނާއި ޑިޖިޓަލް ސިސްޓަމްތައް މެދުވެރިކޮށް މައިގްރޭޝަން މެނޭޖްމަންޓް ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ބުނެފައެވެ.
އޭގެއިތުރުން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ، ދައުލަތުގެ އެންމެ ބޮޑު ޒިންމާއަކީ ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށްމެ އިންސާނީ ކަރާމާތާއި ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ އުންމީދަކީ އެންމެން ގުޅިގެން، ބިރުވެރިކަމެއް ނެތް، އަމާން ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށްވެސް ބުނެފައިވެއެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 30 ވަނަ ދުވަހަކީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު