ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން، ރާއްޖޭގެ ރަށްރަށުގައި ފަށާފައިވާ ހުރިހާ މަޝްރޫޢުތަކެއް މުޅިން ހުއްޓިފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 500 އަށްވުރެ ގިނަ މަޝްރޫޢު ނިންމާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެމްޑީޕީގެ ޕްރޮޖެކްޓް އޮފީހުން ކުރި މަސައްކަތުން ފެންނަން އޮތް ހަޤީޤަތް މުޅިން ތަފާތެވެ. އެގޮތުން މިދިޔަ މޭ މަހާއި ޖޫން މަހާ ދެމެދު ރާއްޖޭގެ 102 ރަށަކަށް ޒިޔާރަތްކޮށް މަޝްރޫޢުތަކުގެ ހާލަތު ބެލިއިރު، މަޝްރޫޢުތައް ފެށި ދުވަހާ ހިސާބުން މިހާރު ހުރިހާ ކަމެއް އޮތީ ހުއްޓިފައިކަން ސާފުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ މައިގަނޑު ސަބަބަކީ ސަރުކާރުގައި މަޝްރޫޢެއް ހިންގާނެ ފައިސާ ނެތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްރަށަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ރަށްރަށުގެ ހަޤީޤީ ހާލަތު ރައީސް ޑރ. މުޢިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ރަށްރަށަށް ވަޑައިގެން އަމިއްލަފުޅަށް ހާލަތު ބައްލަވާލެއްވުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ. އަދި ސަރުކާރަށް ކަންކަން ނުކުރެވޭ ތަނުގައި، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަމިއްލައަށް އިސްނަގައިގެން ހިންގަން އުޅޭ ތަރައްޤީގެ މަސައްކަތްތަކަށްވެސް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
އައްޑޫ ސިޓީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ފޭދޫގައި އަމިއްލަ ފަރާތަކުން ބޮޑު ހޮޓަލެއް ތަރައްޤީ ކުރަމުންދާއިރު، އެ ތަނުގެ ބޭނުމަށް ޖެހިގެން އޮތް ފަޅު ރަށް ބޭނުންކޮށްގެން އިޤްތިޞާދީ ނަފާ ހޯދުމަށް އޮތް ފުރުޞަތަށްވެސް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށެވެ. މިއީ މުޅި އައްޑޫ ރައްޔިތުންގެ އުންމީދުތައް ނަގާލުން ކަމަށާއި، ރާއްޖޭގެ އެއްވެސް ރަށެއްގައި އިޤްތިޞާދީ ކުރިއެރުމެއް ލިބޭނެ ކަމެއް ސަރުކާރުން ނުހިންގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްތަކުން ބޭނުންވަނީ ރަށްރަށަށް ބޭނުންވާ ކުދިކުދި މަޝްރޫޢުތައް ބާރަށް ކުރިއަށްގެންދަން ކަމަށެވެ. ނަމަވެސް ސަރުކާރުގެ ހުރަސްއެޅުންތަކުގެ ސަބަބުން މުޅި ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް މިއަދު އޮތީ ހުއްޓުމަކަށް އައިސްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު