މެދުއިރުމަތީގައި ގާއިމުވެތިބި އެމެރިކާގެ އަސްކަރީ ބާރުތަށް
މެދުއިރުމަތީގައި ގާއިމުވެތިބި އެމެރިކާގެ އަސްކަރީ ބާރުތަށް
މެދުއިރުމަތީގައި ގާއިމުވެތިބި އެމެރިކާގެ އަސްކަރީ ބާރުތަކަށް އަމާޒުކޮށް އީރާނުން ދޭން އުޅުނު "ކުއްލި ހަމަލާއެއް" ނާކާމިޔާބުކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފިއެވެ.

ސެންޓްކޮމް އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، އަންގާރަ ދުވަހުގެ އިރުމަތީ ގަޑިން ހަވީރު 5:45 ކަންހާއިރު އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށެވެ.

ނަމަވެސް، އީރާނުން ފޮނުވާލި އެންމެހައި މިސައިލްތައް ކާމިޔާބުކަމާއެކު ވައިގެ ތެރެއިން ހުއްޓުވައި ވައްޓާލާފައިވާ ކަމަށް އެ ކޮމާންޑުން މަޢުލޫމާތު ދެއެވެ.

މީގެއިތުރުން، އެމެރިކާގެ ސިފައިން ތިބީ ނުހަނު ސަމާލުވެ، އަދި ކޮންމެ ފަދަ ހާލަތަކަށްވެސް ތައްޔާރަށް ކަމަށް ސެންޓްކޮމް އިން ބުނެފައިވެއެވެ.

ނަމަވެސް، މި ހަމަލާގައި އީރާނުން އަމާޒުކުރި އެމެރިކާ ސިފައިން ތިބި ސީދާ ވަކި ތަނެއް ނުވަތަ ސަރަހައްދެއް ސެންޓްކޮމްގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު