މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އަދި ރައީސް ޑރ. މުހައްމަދު މުޢިއްޒު
މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އަދި ރައީސް ޑރ. މުހައްމަދު މުޢިއްޒު
ރާއްޖޭގައި މިހާރު ޖެހިލުމެއްނެތި ހަމަޔާއި އުސޫލު ހިފަހައްޓަން ކެރޭ މީހުންނަކީ ވަރަށް މަދު ބައެއް ކަމަށާއި، އޭގެ ތެރެއިން އެކަކީ އާހިދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.





އެ ޕޯސްޓުގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ދަނީ އިންފޮމޭޝަން ކޮމިޝަނަރު އާހިދުގެ ބޮލުގައި ސީދާ ދޮގު އިލްޒާމު އަޅުވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާހިދު ރަޝީދަކީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެއް ކަމަށް ރައީސް މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، އާހިދަކީ ކުރީ ސަރުކާރުގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެއް ކަމަށާއި "އޯޑަރު އަންނަނީ" ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ކަމަށެވެ.

މީގެ ކުރިން ކަސްޓަމްސްގެ ޑެޕިއުޓީއެއްގެ ބޮލުގައިވެސް ރައީސް މުޢިއްޒު ދޮގު އިލްޒާމު އަޅުއްވާފައިވާ ކަން ފާހަގަކުރައްވަމުން، އަނެއްކާވެސް އެފަދަ ގޮތަކަށް އާހިދުގެ ބޮލުގައި ސީދާ ދޮގު ތުހުމަތުތަކެއް އަޅުވަމުންދާ ކަމަށް ވަޑޭ ވިދާޅުވިއެވެ.

އަދި އެފަދަ ކަންކަން ކުރައްވާތީ ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވެ ވަޑޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު