ފެންނަމުން ދަނީ އިޚުލާޞްތެރިކަމެއް ނެތް ވެރިއެއްގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ނިކަމެތިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާ ގުޅުވައިގެން ރާއްޖެ ޓީވީން ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ވެރިކަން ކުރައްވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، ގައުމުގެ އެއްވެސް މުވައްޒަފަކަށް މިއަދު ވަޒީފާގެ މިނިވަންކަމެއް ނެތެވެ.
ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަމާއި، އާއިލާ ބަނޑުފުރާނަ މުއްތިކުރުމުގެ ހައްގު މިއަދު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
ސަރުކާރަށް ނުވަތަ ވެރިކަން ކުރާ ޕާޓީއާ އިދިކޮޅު ހިޔާލެއް ސޯޝަލް މީޑިއާގައި ފާޅުކޮށްލުމާއެކު ވަޒީފާއިން ވަކިކުރަމުންދާކަން ފާހަގަކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވީ، އެފަދަ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބެނީ އާންމު ދިވެހި އާއިލާތަކަށާއި ކުޑަކުދިންނަށް ކަމަށެވެ.
އަދި މިއީ ހެޔޮލަފާ، އަމިއްލަ މަސްއޫލިއްޔަތު ދަންނަ އިންސާނަކު އޭނާއާ ހަވާލުކުރެވޭ ޒިންމާ އަދާކުރާނެ ގޮތެއް ނޫން ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
މީގެއިތުރުން، ރިޒުގު ދެއްވާ ފަރާތަކީ މާތް ﷲ ކަން ހަނދާންކޮށްދެއްވަމުން މައުރޫފް ވިދާޅުވީ، ވަޒީފާއިން ކަނޑާލުމުން އެންމެން ރައީސް މުއިއްޒުގެ ފައިބުޑަށް އާދޭސް ކުރަން ނުދާނެ ކަމަށެވެ.
ގައުމުގެ ހާލަތު ވަރަށް ނިކަމެތި މިސްރާބަކަށް ދިޔަ ނަމަވެސް، ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން މަގުމަތިވެގެން ރައީސްގެ ފައިދަށަށް އައިސް ސަލާމްޖަހާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު