ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)
ރާއްޖޭގައި ވެރިކަން ކުރާ ކޮންމެ ބަޔަކުވެސް ކަންކަން ކުރަނީ އެބަޔަކު ބޭނުންވާ ގޮތަކަށް ކަމަށާއި، މަގާމުތަކާއި އިނާމުތަކުގެ އިތުރުން ރަށްތަކާއި ފަޅުތައް ބޭނުން މީހަކަށް ބަހަމުންދާ ކަމަށްވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަސީމް (ނަފާ ނަސީމް) ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަފާ ނަސީމް ވިދާޅުވީ، ކޮންމެ ވެރިއަކުވެސް ވެރިކަން ކުރަނީ އަމިއްލައަށް ބޭނުން ގޮތަކަށް ކަމަށެވެ.





އަދި ބޭނުންވާ މީހަކަށް މަގާމާއި، ލަގަބާއި، އިނާމުތަކުގެ އިތުރުން ރަށްތަކާއި ފަޅުތައް ދެމުންދާ ކަމަށާއި، މިއީ "ވެރިކަމުގެ ޗަރުކޭހެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެއިތުރުން، އެފަދަ ކަންކަން ކުރާއިރު ގައުމިއްޔަތާއި މިނިވަންކަމުގެ ނަން ބޭނުންކުރި ނަމަވެސް، އެއީ އެއްވެސް ބުރަދަނެއް ނެތް "ފަޅޯ" ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަދި ތަފާތު މުނާސަބަތުތަކާއި ޕޯޑިއަމްތަކުގައި ތާރީޚު ލިޔެ، މައިލްސްޓޯން ރެކޯޑުތައް މުގުރާ ވާހަކަ ދެއްކި ނަމަވެސް، އެފަދަ ކަންކަމަށް އަޅާނުލުމަށް ނަފާ ނަސީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު