އެމެރިކާއާއި ސައޫދީ އަރަބިއްޔާއިން މަދަނީ ނިއުކްލިއާ ހަކަތަ ތަރައްގީކުރުމާ ގުޅޭ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް އަދި ސައޫދީގެ އެނާޖީ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ސޮއިކުރެއްވި މި އެއްބަސްވުމަކީ، ދިހަވަރަކަށް އަހަރަށް ދެމިގެންދާނެ، ބިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ.
ގަލްފް ނިއުސް އިން ހަވާލާ ދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ މަޝްހޫރު ނިއުކްލިއާ ކުންފުންޏެއް ކަމަށްވާ "ވެސްޓިންގްހައުސް" ފަދަ ކުންފުނިތަކަށް ސައޫދީގެ ނިއުކްލިއާ ހަކަތައިގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ ސައޫދީން އެމެރިކާގެ ނިއުކްލިއާ ޓެކްނޮލޮޖީ ހޯދުމަށް ކުރަމުންދިޔަ ދިގު އިންތިޒާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މި އެއްބަސްވުމުގެ އެންމެ ހޫނު ބަހުސަކަށް ވެފައިވަނީ، ސައޫދީގެ އަމިއްލަ ފަސްގަނޑުގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު އެ ގައުމަށް ލިބިގެންދާ ކަމަށް ދެކެވޭ ވާހަކަތަކެވެ. މިއީ މީގެ ކުރިން އެމެރިކާއިން އެހެން ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކާ މުޅިން ތަފާތު ގޮތެކެވެ.
މިސާލަކަށް 2009 ވަނަ އަހަރު ޔޫއޭއީއާއެކު ވީ އެއްބަސްވުމުގައި އެ ގައުމަށް އަމިއްލައަށް ޔުރޭނިއަމް މުއްސަނދިކުރުން މަނާކޮށްފައި އޮތް ނަމަވެސް، ސައޫދީގެ މައްސަލާގައި އެމެރިކާއިން ވަނީ އެ އުސޫލުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. ސިޔާސީ ދިރާސާވެރިން ބުނާ ގޮތުގައި އެމެރިކާއިން މިފަދަ ދޫތަކެއް މި ދިނީ، ރަޝިޔާއާއި ޗައިނާއިން ސައޫދީއާއެކު ނިއުކްލިއާ އެއްބަސްވުމެއް ގާއިމުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.
ނަމަވެސް، މި އެއްބަސްވުމުގެ ފަހަތުގައި އެމެރިކާގެ ވަރަށް ނުރައްކާތެރި އަދި މަކަރުވެރި ރޭވުމެއް އޮތް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. މިގޮތުން، އެމެރިކާއިން ސައޫދީއަށް ނިއުކްލިއާ ބާރުވެރިކަން މި ދެނީ ހަގީގަތުގައި އެ ގައުމަށް ހެޔޮއެދިގެން ނޫން ކަމަށާއި، މިއީ މުސްތަގުބަލުގައި ސައޫދީއަށް ހަމަލާދިނުމުގެ މަގު ފަހިކުރުމަށް އެމެރިކާއިން ޖެހި މަކަރުވެރި ދަންތުރައެއް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
މި ތިއަރީ ބާރުއަޅާ ފަރާތްތަކުން ދެކޭގޮތުގައި، ސައޫދީން ނިއުކްލިއާ ޓެކްނޮލޮޖީއާއި ޔުރޭނިއަމް މުއްސަނދިކުރަން ފެށުމުން، މުސްތަގުބަލުގައި އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމުގެ ބަހަނާ ދައްކައި، އެމެރިކާއަށް ސައޫދީއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ. މިއީ މީގެ ކުރިން އިރާގާއި އިރާނާ ދެކޮޅަށް ވެސް ހުޅަނގުން ބޭނުންކޮށްފައިވާ ފަދަ އުކުޅެކެވެ.
އެމެރިކާގެ ކޮންގްރެސްގެ މެންބަރުން ވެސް ދަނީ މި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ޑިމޮކްރެޓިކް މެންބަރު ޖޯން ގަރަމެންޑީ ވިދާޅުވީ މިއީ "ވަރަށް ނުރައްކާތެރި ގޯހެއް" ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ރޭހެއް ފެށިގެންދާނެ ކަމަށެވެ. އަދި ސައޫދީން އަމިއްލައަށް ޔުރޭނިއަމް މުއްސަނދިކުރަން ފެށުމުން، އިރާނުގައި ތިބި ހަރުކަށި ފަރާތްތަކަށް ސިއްރިޔާތުގައި ނިއުކްލިއާ ބޮމެއް އުފެއްދުމުގެ ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މީގެ އިތުރުން ކޮންގްރެސްގެ އެހެން ބައެއް މެންބަރުން ވެސް ވަނީ އެމެރިކާގެ ކުންފުނިތަކަށް ވިޔަފާރީގެ ފައިދާ ހޯދައިދިނުމަށްޓަކައި މުޅި ދުނިޔޭގެ ސަލާމަތް ނުރައްކަލުގެ ތެރެއަށް ހުށަހަޅާލާތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދުގެ އެހެން ގައުމުތަކުގެ މެދުގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އިޒްރޭލުގެ ބައެއް މިނިސްޓަރުން ސައޫދީއަށް މަދަނީ ނިއުކްލިއާ ބާރުވެރިކަން ދިނުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި ނަމަވެސް، އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު އަވިގޯރް ލިބަރމަން ވަނީ މި އެއްބަސްވުން ހުއްޓުވުމަށް އިޒްރޭލު ސަރުކާރަށް ގޮވާލާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައޫދީގެ މި ޕްރޮގްރާމުގެ ނަތީޖާއަކަށް ވާނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު ހޯދުމެވެ. ޓްރަމްޕްގެ ސަރުކާރުން މީގެ ކުރިން ބައިޑަންގެ ސަރުކާރުން ސައޫދީއާއި އިޒްރޭލުގެ ގުޅުން ގާއިމުކުރުމަށް ހުށަހަޅާފައިވާ ޝަރުތުތައް ދޫކޮށްލުމަށްފަހު މި އެއްބަސްވުން ގާއިމުކުރުމުން، މިއީ ހަމައެކަނި ވިޔަފާރީގެ ފައިދާއަށް ބަލައިގެން ވެފައިވާ އެއްބަސްވުމެއްކަން ހާމަވެއެވެ.
ނަމަވެސް، އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވަނީ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ނިއުކްލިއާ ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ސައޫދީ ސަރުކާރުން ވެސް ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ނިއުކްލިއާ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ދެ ގައުމުގެ ގުޅުން ވަރުގަދަވެގެންދާނެ ކަމަށެވެ.
އެހެންނަމަވެސް، މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުންނާއި އެމެރިކާގެ ތާރީޚީ ސިޔާސަތުތަކަށް ބަލާއިރު، މިއީ ސައޫދީ އަރަބިއްޔާ ބޮޑު މަޅިއެއްގައި ބެއްދުމަށް އެމެރިކާއިން ރޭވި މަކަރުވެރި ރޭވުމެއް ކަމަށް ބުނާ ބުނުމަށް އޮތް ތާއީދު ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު