ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ފިޒިކަލްކޮށް، މަރުކަޒަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުން ފެށި ޕެޓިޝަނުގައި 100 އަށްވުރެ ގިނަ ދަރިވަރުން ސޮއިކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ބާ ކައުންސިލުން ވަނީ ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށްޓަކައި، އެ ކޯސްތަކުގައި ފުރިހަމަވާންޖެހޭ އެންމެ ދަށް މިންގަނޑުތަކަށް ބަދަލު ގެނެސްފައެވެ. އަންނަ އޮގަސްޓު މަހުން ފެށިގެން އަމަލުކުރަން ފަށާ މި އައު އުސޫލުގެ ދަށުން، އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
މި ބަދަލުތަކާ ގުޅިގެން ވިލާ ކޮލެޖުގައި ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރުން އިސްނަގައިގެން ތައްޔާރުކުރި އޮންލައިން ޕެޓިޝަނުގައި ބުނެފައިވަނީ، ފިޒިކަލްކޮށް ހާޒިރުވެ އިމްތިހާނު ހަދަން ލާޒިމްކުރުމަކީ ގިނަ ދަރިވަރުންނަށް ލިބޭ ބޮޑު ބޭއިންސާފެއް ކަމަށެވެ. ޚާއްޞަކޮށް ވަޒީފާގެ ގޮތުންނާއި، ދިރިއުޅޭ ރަށުގެ ގޮތުން އިމްތިހާނު ބާއްވާ މަރުކަޒަށް ހާޒިރުވުމަކީ ގިނަ ދަރިވަރުންނަށް އިންތިހާއަށް ދަތިވާނެ ކަމެއްކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
ދަރިވަރުން އިތުރަށް ބުނެފައިވަނީ، މިހާރުވެސް އޮންލައިންކޮށް އިމްތިހާނުތައް ބާއްވާއިރު 'ލޮކްޑައުން ވެބް ބްރައުސަރު' ތަކާއި ވެބްކެމް ބޭނުންކޮށްގެން، އިމްތިހާނުތަކުގެ ސައްހަކަން ކަށަވަރުކުރާ ކަމަށެވެ. އަދި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް ފަދަ ތައުލީމީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އޮންލައިންކޮށް އިމްތިހާނުތައް ބާއްވާ ކަމަށް ޕެޓިޝަންގައިވެއެވެ.
އެހެންކަމުން، ބާ ކައުންސިލުގެ ނިންމުން މުރާޖައާކޮށް ވީހާވެސް އިންސާފުވެރި ކަމާއެކު މިކަން ނިންމައިދިނުމަށް އެދި ދަރިވަރުންގެ ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު