ކަށީގެ ކެންސަރަކީ ހަށިގަނޑުގެ ކޮންމެ ކަށިގަނޑަކަށްވެސް ޖެހިދާނެ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް ގިނައިން މި ބަލި ފެންނަނީ ފައިގެ ނުވަތަ އަތުގެ ދިގު ކަށިތަކުންނެވެ. މި ބަލި ކުރީކޮޅު ދެނެގަތުމަކީ ފަރުވާގެ ނަތީޖާ ރަނގަޅުވުމަށް އޮތް އެންމެ ބޮޑު ފުރުސަތެވެ. މި ބަލީގެ ކުރީކޮޅުގެ އަލާމާތްތަކާ ގުޅޭގޮތުން އިންޑިއާގެ މަޝްހޫރު އޯތޯ-އޮންކޮލޮޖިސްޓް ޑރ. ނިކިލް ޓަންޑަން ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.
ޑރ. ނިކިލް ވިދާޅުވާ ގޮތުގައި ކަށީގެ ކެންސަރުގެ އެންމެ ފުރަތަމަ އަދި އެންމެ އާންމު އަލާމާތަކީ ކަށީގައި ރިއްސުމެވެ. މި ރިހުން ފެށޭއިރު ހުންނާނީ މަޑުމަޑުންނެވެ. ނަމަވެސް ވަގުތު ފާއިތުވަމުންދާ ވަރަކަށް ރިހުން ގަދަވެ، ހާއްސަކޮށް ރޭގަނޑު ވަގުތުތަކުގައި ނުވަތަ ހަރަކާތްތެރިވެ އުޅޭ ވަގުތުތަކުގައި މި ރިހުން ބޮޑުވެގެންދެއެވެ. ބައެއް ފަހަރު މި ރިހުމަކީ އާދައިގެ އަނިޔާއެއްގެ ސަބަބުން ވާ ރިހުމެއް ކަމަށް ހީވެ، ބަލި ދެނެގަތުން ލަސްވާ ގޮތް މެދުވެރިވެއެވެ.
ރިހުމުގެ އިތުރުން ފެންނާނެ އަނެއް އަލާމާތަކީ ދުޅަވުމެވެ. ކަށިގަނޑުގެ ރިހުން ހުންނަ ހިސާބުގައި ގަނޑެއް ނުވަތަ ދުޅައެއް އުފެދެން ފަށައެވެ. މި ދުޅަގަނޑު ފުރަތަމަ ފެންނައިރު ތަދުނުވެދާނެއެވެ. ނަމަވެސް ބަލި ކުރިއަށްދާ ވަރަކަށް އެ ހިސާބު ހަރުވެ، ބޭރަށް އުފުލިފައި ހުންނަކަން ފާހަގަކުރެވޭނެއެވެ. މީގެ އިތުރުން، ހުޅުތަކާ ކައިރީގައި ކެންސަރު އުފެދިފައިވާނަމަ، ހުޅު ހަރަކާތްކުރުމަށް އުނދަގޫވުން ފަދަ ކަންކަން މެދުވެރިވެއެވެ.
ކަށީގެ ކެންސަރުގެ ސަބަބުން ކަށިގަނޑު ބަލިކަށިވެ، ކުޑަ ކަމަކުންވެސް ކަށިގަނޑު ބިންދައިގެން ދިއުމަކީ މި ބަލީގެ ނުރައްކާތެރި އަލާމާތެކެވެ. އާދައިގެ ގޮތަކަށް ވެއްޓުމަކުން ނުވަތަ ކުޑަ އަނިޔާއަކުން ކަށިގަނޑު ބިންދައިގެން ދާނަމަ، އެއީ ކަށީގެ ކެންސަރުގެ ސަބަބުން ކަށިގަނޑުގެ ވަރުގަދަކަން ގެއްލިފައިވާތީ ދިމާވާ ކަމެކެވެ.
މި ބަލީގެ އިތުރު އަލާމާތްތަކުގެ ތެރޭގައި ސަބަބެއް ނޭނގި ހަށިގަނޑުގެ ބަރުދަން ލުއިވުމާއި، އާދަޔާ ހިލާފަށް ވަރުބަލިވުން ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި، ހާއްސަކޮށް ބަލި ފެތުރެމުންދާނަމަ ހުން އައުން ފަދަ އަލާމާތްތައްވެސް ފެނިދާނެއެވެ. ޑރ. ނިކިލް އިރުޝާދު ދެއްވާ ގޮތުގައި، މިފަދަ އެއްވެސް އަލާމާތެއް ދެ ހަފްތާއަށްވުރެ ގިނަ ދުވަހު ދެމިގެންދާނަމަ، ލަސްނުކޮށް ކަމާގުޅޭ ހާއްސަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ، ޒަމާނީ ފަރުވާތަކުގެ އެހީގައި ބަލިން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ARG
ކިޔުންތެރިންގެ ހިޔާލު