މުވައްޒަފުން ކުންފުނިތަކުން 33 އިންސައްތަ ވަކިކުރަން ނިންމާފައިވާ ނިންމުމުގެ ސަބަބުން 14،733 މީހުން މަގުމަތިވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި އަދަދަކީ ކުޑަ އަދަދެއް ނޫން ކަމަށާއި ވަޒީފާއިން ވަކިވާ ކޮންމެ މީހެއްގެ އާމްދަނީއަށް ބަރޯސާވެފައިވާ އެތައް ބަޔަކު ތިބޭނެ ކަމަށެވެ. އެގޮތުން 14،000 އަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުމުން މަދުވެގެން 50،000 މީހުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރާނެ ކަމަށާއި، މިއީ ރާއްޖޭގެ އާބާދީގެ 20 އިންސައްތައާއި 25 އިންސައްތައާ ދެމެދުގެ އަދަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި މީގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ ވަޒީފާތައް ސަލާމަތްކުރުމަށް ކުރި މަސައްކަތްތައް ފައްޔާޒް ވަނީ ހަނދާން އާކުރައްވާފައެވެ.
އެ ދުވަސްވަރު 22،945 މީހުންނަށް ވަޒީފާގެ ދަތިކަން ކުރިމަތިވުމުން ނުވަތަ މުސާރަ ނުދެވި ދިއުމުން ސަރުކާރުން އެ މީހުން ބަލަހައްޓާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަށް ހާމަކަން ބޮޑު ޕްރޮގްރާމެއްގެ ދަށުން 419 މިލިއަން ރުފިޔާ ޚަރަދުކޮށް، އެތައް އާއިލާއަކާއި ވިޔަފާރިއެއް ސަލާމަތްކުރެވުނު ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ބޮޑު ފަސޭހައެއް ލިބިގެންދިޔަ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު