އީރާނަށް 5.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ބިންހެލުން މައިގަނޑު ގޮތެއްގައި އަސަރުކޮށްފައިވަނީ އީރާނުގެ ހޫޒިސްތާން ޕްރޮވިންސުގެ ސަލަންޑް ސަރަހައްދަށެވެ. މީގެ އިތުރުން ހޯމޮޒްގާން ޕްރޮވިންސަށް 3.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، ސަލަންޑް ސަރަހައްދަށް 4.0 މެގްނިޓިއުޑްގެ އިތުރު ލޮޅުމެއްވެސް ވަނީ އަރާފައެވެ.
މި ބިންހެލުންތަކުގެ ސަބަބުން އަންދީމެޝްކް، ޝޫޝް، އަދި އަހްވާޒް ފަދަ އެ ސަރަހައްދުގެ ގިނަ ރަށްތަކަކަށް ބިންހެލުމުގެ އަސަރު ވަނީ ކޮށްފައެވެ.
މި ބިންހެލުންތައް އައިސްފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ގޮތުން ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މިހާރު ކުރިއަށްދާ އަސްކަރީ ކުރިމަތިލުންތަކުގެ ތެރޭގައި، އެމެރިކާއިން އީރާނުގެ އަސްކަރީ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭގެ ރައްދުގައި އީރާނުން ވެސް އެމެރިކާގެ ބައިވެރިންނާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު، މި ނުތަނަވަސްކަމުގެ ތެރެއަށް މި ބިންހެލުންތައް އައުމަކީ ރައްޔިތުންނަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމެއްކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު