ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ޖުމްލަ 228 މައްސަލައެއް ވަނީ ބަލައިގެންފިއެވެ.
ޕީޖީ އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖޫން މަހު ބަލައިގަތް މައްސަލަތަކުގެ އަދަދު ވަނީ އޭގެ ކުރީ މެއި މަހާ އަޅާބަލާއިރު 59.4 އިންސައްތަ އިތުރުވެފައެވެ. މެއި މަހު އެ އޮފީހަށް ބަލައިގަނެފައިވަނީ 143 މައްސަލައެވެ.
މައްސަލަތައް އިތުރުވުމާއެކު، ކޯޓުތަކުގައި ކުރިއަށްދިޔަ ޝަރީއަތްތަކަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވި މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މެއި މަހު 1150 އަޑުއެހުމަކަށް ވަކީލުން ހާޒިރުވިއިރު، ޖޫން މަހު އެ އަދަދު ވަނީ 1207 އަށް އަރާފައެވެ.
ތަފާސްހިސާބުތަކުން އެންމެ ބޮޑު ކުރިއެރުމެއް ފެންނަން އޮތީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ތަހުގީގީ އިދާރާތަކަށް މައްސަލަތަކުގައި ލަފާދިން މިންވަރުންނެވެ. މެއި މަހު 447 މައްސަލައެއްގައި ލަފާދީފައިވާއިރު، ޖޫން މަހު 683 މައްސަލައެއްގައި ޕީޖީ އޮފީހުން ވަނީ ލަފާދީފައެވެ. މިއީ ގާތްގަނޑަކަށް 52.7 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުވާކުރުމުގެ މަސައްކަތްތަކަށް ބަލާއިރު، ޕީޖީ އޮފީހުން ވަނީ މިދިޔަ މަހު 265 މައްސަލައެއްގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައެވެ. މެއި މަހު ދައުވާކުރަން ހުށަހަޅާފައިވަނީ 263 މައްސަލައެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، އެ އޮފީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން، ވަކި ބާވަތްތަކުގެ މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ޕްރޮސެކިއުޝަން ޓީމުތަކެއް އެކުލަވާލައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު