މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސްވެރިޔާ ނުވަތަ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ފާޠިމަތު އަމީޒާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރަށްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އަމީޒާ މި މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މަގާމު ހުސްވީ ކުރިން މި މަގާމުގައި ހުންނެވި ޙަސަން ޒަރީރު، މި ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް އައު ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވިއެވެ. އެއީ ފާޠިމަތު އަމީޒާގެ އިތުރުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުالله އެވެ. މި ދެ ބޭފުޅުންގެ ތެރެއިން ރައީސް އިސްކަންދެއްވާފައިވަނީ ޙަލީމްގެ ނަމަށެވެ.
ނަމަވެސް، މި މަހުގެ ހަވަނަ ދުވަހު މަޖިލީހުގެ އިގުތިޞާދީ ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު، އިންޓަވިއު މަރުހަލާގައި އެންމެ މަތިން މާކުސް ލިބުނު ތަރުތީބުން ދެ ބޭފުޅުންގެ ނަން ވެސް ތަޅުމަށް ހުށަހެޅުމަށް ފާސްކުރިއެވެ. ކޮމިޓީން އަމީޒާ އަށް 92.44 މާކުސް ދީފައިވާއިރު، ރައީސް އިސްކަންދެއްވި ޙަލީމަށް ލިބިވަޑައިގަތީ 82.89 މާކުހެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި، ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުން ވަނީ އަމީޒާ އެ މަގާމަށް އައްޔަންކުރަން ރުހުން ދީފައެވެ.
ކޮމިޝަނަ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. މީގެކުރިން އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ އަމީޒާއަކީ، ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި، އަމީޒާ ވަނީ މީރާގެ އެންފޯސްމަންޓް ޑިވިޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޒަމާނީ ޑޭޓާ އެނަލިޓިކްސް ބޭނުންކުރައްވައިގެން، ދައުލަތަށް ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވައި ދެއްވާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު