މާލެއަށް ރަށްރަށުން އަންނަ މީހުން-
މާލެއަށް ރަށްރަށުން އަންނަ މީހުން-
ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ބަންދާއެކު، ސްކޫލް ކުދިންނާއި އާއިލާތަކުން ޗުއްޓީ ހޭދަކުރަމުންދާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން ދަރިވަރުން ޗުއްޓީއަށް ގޮސްފައިވާއިރު، އެޗްޕީއޭއިން ވަނީ އާއިލާއާއެކު އުފާވެރި އަދި ރައްކާތެރި ޗުއްޓީއެއް ހޭދަކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެ އިދާރާއިން ބުނިގޮތުގައި، ޗުއްޓީގެ ދުވަސްވަރަކީ އާންމުކޮށް ކެއުމާއި ބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރަކަށް ވާތީ، ސިއްހީ ގޮތުން ރަނގަޅު އާދަތައް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ.

އެގޮތުން، ލޮނާއި ހަކުރު އަދި ޓްރާންސްފެޓް ގިނަ ކާނާއާއި ބުއިންތަކާ ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ދުންފަތުގެ ދުމުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްވެސް ވަނީ އެދިފައެވެ. މީގެ ބަދަލުގައި މިންހެޔޮ ކާނާ ކެއުމަށް އިސްކަންދީ، ހަށިގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތައް ލިބޭނެ ގޮތަށް ކެއުމުގެ ކަންކަން ބައްޓަން ކުރުމަށް ވަނީ ލަފާދީފައެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ޗުއްޓީ ދުވަސްވަރު ގިނަ ވަގުތު އިށީނދެގެން ތިބުމުގެ ބަދަލުގައި، ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭ މިންވަރުގައި



ކިޔުންތެރިންގެ ހިޔާލު