ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހުރިހާ ކުންފުނިތަކަށް އަންގައިފިއެވެ.
ޕީސީބީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ ސާކިއުލާއަކާ ހަވާލާދީ، މި ހިނގާ ޖުލައި 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު އަންގާ ކަމަށެވެ.
މި ނިންމުމަކީ "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު" ގެ ދަށުން އެ ބޯޑަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން ނެރެފައިވާ އެންގުމެކެވެ.
މި އެންގުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން މޮނިޓަކުރުމަށް ޕީސީބީން ވަނީ ނިންމާފައެވެ. އެގޮތުން، ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ނުވަތަ މަދުކުރާ މުވައްޒަފުންގެ އަދަދު ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު އެ ބޯޑަށް ފޮނުވުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
މި ނިންމުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، މިއީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުގެ ނަމުގައި، ސިޔާސީ ގޮތުން ތަފާތު ވިސްނުމުގެ މީހުން ވަޒީފާތަކުން ވަކިކުރުމަށް ހިންގާ މަސައްކަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު