ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޚާއްޞަ ދެ ބިލަށް ބަހުސް ކުރުމަށް ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ފަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލް 2020" އާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ މާދަމާގެ ޖަލްސާ ފަސްކުރަން ނިންމާފައިވާ ކަމަށް މެމްބަރުންނަށް އަންގަވާފައެވެ. އަދި މިހާތަނަށް ފަސްކޮށްފައިވާ ސަބަބާއި، އަލުން ބާއްވާނެ ތާރީހެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ އެޕްރީލް 4 ވަނަ ދުވަހުއެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ބާއްވާ ތާރީޚު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ. ކޯވިޑް-19 އާ ގުޅިގެން އެތާރީޚުގައި ވެސް އިންތިޚާބު ނުބޭއްވޭނެ ކަމަށް ފެންނާތީ، އެކަމަށް ޤާނޫނީ ފަރުވާއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުންދަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން