ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓްގެ ތެރޭގައި ވަޅިން ހަމަލާދީ ބަންގްލްދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށް ދަޢުވާ އުފުލާފައިވަނީ ޕާކިސްތާނުގެ މުޙައްމަދު އާބިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގެ ދަޢުވާ ދަޢުލަތުން ވަނީ އުފުލާފައެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 26 ޖޫން 2022 ގައެވެ. އެ އަޑުއެހުމުގައި އާބިދު ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި އެޙާދިސާ ހިނގާފައިވަނީ ނަފްސުގެ ދިފާޢުގައި ގެނައި ޙަރަކާތެއްގެ ތެރެއިން ކަމަށް އާބިދުވަނީ ބުނެފައެވެ. އެހެންކަމުން ޤަސްދުމަރުގެ ދަޢުވާއަށް އިންކާރު ކުރާކަމަށް އާބިދު ބުނެފައިވެއެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު، ޤާޟީ އަހުމަދު ޝާފިއު ވިދާޅުވީ، އާބިދު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ގަސްދުމަރުގެ ދައުވާއަށް އޭނާ އިއުތިރާފު ވެފައިވާކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އޭނާ ދައްކާފައިވާ ވާހަކަތަކަކީ އޭނާގެ އިޤުރާރެއްކަމަށް ބުރަވެވޭކަމަށް ޤާޟީ ވިދާޅުވިއެވެ.
ނަމަވެސް، އޭނާ ހިންގި އަމަލަކީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ އަމަލެއްކަމަށް ތަސައްވުރު ކުރެވޭ ކަމަށާއި، އޭނާ ރުޅިވެރިކަމާއެކު ވަޅިއެއް ބޭނުންކޮށްގެން ހަމަލާދިންކަން ހެކިންގެ ހެކިބަހުންވެސް އެނގެން އޮތުމުން އޭނާ ނަގާފައިވާ ނަފްސުގެ ދިފާއަކީ އޭނާ އަމިއްލައަށް "އުފަންކުރުވި" ހިޔާލީ ޙާލަތެއްކަމަށް ބުރަވެވޭކަމަށްވެސް ޤާޟީ ވިދާޅުވެފައިވެއެވެ.
އެހެންކަމުން އޭނާގެ މައްޗަށް އުފުލާފައިވާ ގަސްދުމަރުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ޤާޟީ ކަނޑައެޅުއްވިއެވެ. މައްސަލާގައި ދެން އޮންނާނީ ވާރިސުންގެ މައުލޫމާތު ސާފު ކުރުމަށްފަހު އެމީހުންގެ ބަސް ނެގުމެވެ.
ބަންގްލަދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ އެމްޑީ ޝަމީމަށް ހުޅުމާލޭގެ ޚާންޖީ ރެސްޓޯރެންޓްގައި 2022 އޭޕްރީލްމަހުގެ 16 ވަނަދުވަހު ހަވީރު ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި އެރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ އެ ރެސްޓޯރެންޓްގައި ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދެވެ.
ޢާބިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ދަޢުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ 15 ޖޫން 2022 ގައެވެ. މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އަދި ކުށުގައި ބައިވެރިވެއްޖެކަން ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
ޝާހިން މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް އާބިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް-2 ގެ ބީޗް ސަރަޙައްދުންނެވެ. އެ މައްސަލައާ ގުޅިގެން އިތުރުމީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ. ޕާކިސްތާނުގެ މުހައްމަދު އާބިދު، ބަންގްލަދޭޝްގެ މީހާއަށް ވަޅިން ހަމަލާދީފައިވަނީ އެ ރެސްޓޯރެންޓް ބަދިގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިންނެެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު